އައްޑޫ ސިޓީ ފޭދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތް ތަކުގެ ތެރެއިން ޚާއްސަ ދުވުމެއް ބާއްވަން ނިންމައިފިއެވެ.
"ރަން50″ގެ ނަމުގައި މި ދުވުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ދަރިވަރުންނަށް 100ރުފިޔާ އަދި އެހެން މީހުންނަށް 150 ރުފިޔާގެ ޗަންދާއެއް ދައްކައިގެން ބައިވެރިވޭ މި ދުވުމުގައި ތިން ކެޓަގަރީ އެއް ވަނީ ކަނޑައަޅާފައެވެ. އެއީ 12 އަހަރުން މައްޗަށް ބާއްވާ 5 ކިލޯމީޓަރުގެ ދުވުމާއި، 12 އަހަރުން ދަށަށް ބާއްވާ 2 ކިލޯމީޓަރުގެ ދުވުމާޢި، އިސްރައްވެހިންނަށް ބާއްވާ 2 ކިލޯ މީޓަރުގެ ދުވުމެވެ.
" އަޅުގަނޑުމެން އުއްމީދު ކުރަނީ 1000 މީހުން މި ދުވުމުގައި ބައިވެރިވާނެ ކަމަށް" ފޭދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މިހާދު ބިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުވުމުގައި ބައިވެރިވާ ފުރަތަމަ 1000 މީހުންނަށް ބައިވެރިވިކަމުގެ ޚާއްޞަ މެޑަލްއެއް ދޭން ނިންމާފައިވާ ކަމަށެވެ.
600 އެންހާ ދަރިވަރުން، އެލްކޭޖީން ފެށިގެން ގުރޭޑް 10އާ ހަމައަށް ފޭދޫ ސްކޫލްގައި ކިޔަވަމުން ގެންދެއެވެ. ފޭދޫ ސްކޫލަށް 50 އަހަރު ފުރުނީ ހުސްވި ޖުލައިމަހުގެ 18 ގައެވެ.
advertisment
ހިޔާލު