ކާމިލު ދީދީ ޕްރައިމަރީ ސްކޫލް މިއަދު ހުޅުވައިފިއެވެ. މި ސްކޫލް ހުޅުއްވައި ދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ސްކޫލެވެ.
824 ދަރިވަރުންގެ އާބާދީއެއް އޮތް މި ސްކޫލްގެ ޕްރިންސިޕަލަކީ އިމާދުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ފާތިމަތު ލީނާއެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.
ދެ ދަންފަޅިއަށް މި ސްކޫލްގައި ކިޔަވައިދޭނީ އެލްކޭޖީން ފެށިގެން ގުރޭޑް ހަޔަކާ ހަމައަށެވެ. މި ސްކޫލްގައި
47 މުދައްރިސުންނާޢި 8 އިދާރީ މުވައްޒަފުންގެ އިތުރުން 10 މަސައްކަތު މީހުންނާއެކު ޖުމްލަ 65 މުވައްޒިފުން މަސައްކަތް ކުރާނެއެވެ.
advertisment
ހިޔާލު