ބެލެނިވެރިންނަށް ޚާއްޞަކޮށްގެން "ބަދަހި ސެޕްޓެމްބަރު" ކުޑަފަރީ ސްކޫލުން އިފްތިތާހުކޮށްފި

ބެލެނިވެރިންނާއި ސްލޫލާ އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމުގެ ގޮތުން " ބަދަހި ސެޕްޓެމްބަރު" ކުޑަފަރީ ސްކޫލުން އިފްތިތާހުކޮށްފިއެވެ.

މި ހަރަކާތުގެ ތެރެއިން ސެޕްޓެމްބަރު މަހުގެ ތެރޭގައި ބެލެނިވެރިންނާ ގުޅިގެން ތަފާތު ހަރަކާތްތައް އެ ސްކޫލުން ކުރިއަށް ގެންދާނެއެވެ. ކުރިއަށް ގެންދާ ހަރަކާތުގެ ތެރޭގައި މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ކުޅުވަރު ހަރަކާތްތައް ހިމެނެއެވެ.

" ބޭނުމަކީ ބެލެނިވެރިންނާ ސްކޫލާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް މިހާރަށްވުރެ ހެޔޮ ބަދަލުތަކެއް ގެނައުން" ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ހުސައިން ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބެލެނިވެރިންގެ ދުވަސް އެ ސްކޫލުން އަބަދުވެސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ކަމަށާއި ކޮވިޑް19އަށްފަހު، މިފަހަރު ގެންދަނީ ކުރިއާ ތަފާތުކޮށް ކަމަށެވެ.

" ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކި ދުވަސްތަކަށް ބަހަލާއިގެން ހަރަކާތްތައް ކުރިއަށް މިގެންދަނީ. ދަރިން ތަރިބިއްޔަތު ކުރުމުގައި ދޫކޮށްލާ ކުދިކުދި ކަންތައްތަކުން ނުކުންނަ ނަތީޖާތަކާއި، ކުއްޖާ ސްކޫލުން ގެއަށް ގެންދިޔައިމާ ކުރާނެ ސުވާލުތަކާއި ކިޔެވުމަށް ބެލެނިވެރިން އެހީތެރިވާނެ ގޮތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކިޔައި އެބަދެން" ޕްރިންސިޕަލް ވިދާޅުވިއެވެ.

176 ދަރިވަރުން ކިޔަވަމުންދާ ކުޑަފަރީ ސްކޫލްގެ އަހަރީ ދުވަސް މި މަހު 22 ގައި ފާހަގަކުރާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *