އެމްއެންޔޫއަށް 49 އަހަރުފުރުން ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 49 އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، 49 ވަނަ އަހަރީ ކޭކު ފަޅުން އޮތީ މިއަދު ހެނދުނު އެ ޔުނިވަރސިޓީގައެވެ. މިއަދު ހަވީރު އޮތީ ޓްރެކް ދަނޑުގައި ކުޅިވަރުގެ ހަރަކާތްތަކެވެ. ނޫކުލައިގެ ޓީޝާޓްގައި، ޔުނިވަރސިޓީގެ އިސްވެރިންނާއި މުވައްޒަފުންނާއި ދަރިވަރުން މި ހަރަކާތްތަކުގައި ބައިވެރިވިއެވެ.

49 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކޭކު ފެޅުއްވީ، ވައިސް ޗާންސެލަރ މުހައްމަދު ޝަރީފު- ފޮޓޯ: އެމްއެންޔޫ

ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަސް، އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ޔުނިވަރސިޓީއަށް ބަދަލުވުމުގެ ކުރިން ހިންގަމުންއައި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން ދަށަށް ބަދަލުކުރި އިންސްޓިޓިއުޓްތަކުގެ ތެރެއިން އެންމެ ދުވަސްވި، އެލައިޑް ހެލްތު ޓްރެއިނިންގ ސެންޓަރު އުފެދުނު ތާރީހަށް ބަލައިގެންނެވެ. އެ އިންސްޓިޓިއުޓް އުފެއްއްދީ 1973 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

ޤައުމީ ޔުނިވަރސިޓީ އުފެއްދީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ކުރިން ހިންގަމުން އައީ މޯލްޑިވްސް ކޮލްޖް އޮފް ހަޔާ އެޑިއުކޭޝަނެވެ.

ރާއްޖޭގައި އެންމެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭ ޔުނިވަރސިޓީގައި 200އެންހާ ކޯސް ހިންގަމުން ގެންދެއެވެ. ފާއިތުވި 11 އަހަރުގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމް ފުޅާކޮށްފައެވެ. ފައުންޑޭޝަނުން ފެށިގެން ޕީއެޗްޑީއާ ހަމައަށް މިހާރު އަންނަނީ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *