"ޓީ ވިތް ޕްރިންސިޕަލް" ހިރިޔާ ސްކޫލުން މި އަހަރުވެސް ފަށައިފި

"ޓީ ވިތް ޕްރިންސިޕަލް" ޕްރޮގްރާމުގެ ދަށުން ދަރިވަރުންނާ ޕްރިންސިޕަލް ރިންޒީ ވަހީދު ބައްދަލުކުރައްވަނީ: މި ބައްދަލުވުންތަކުން ސްކޫލާ މެދު ދަރިވަރުން ދެކޭގޮތް އެނގިގެންދާނެ- ފޮޓޯ: ހިރިޔާ ސްކޫލް

"ޓީ ވިތް ޕްރިންސިޕަލް" ހިރިޔާ ސްކޫލުން މި އަހަރުވެސް ފަށައިފިއެވެ.

މިއީ އެ ސްކޫލްގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ކުދިންގެ ބައިވެރިވުމާއި، ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ރިންޒީ ވަހީދުއާއެކު ކުރިއަށް ގެންދިޔަ ސައިގައި އެ ސްކޫލްގެ ގްރޭޑް ދިހައަކާއި ގުރޭޑް ނުވައެއްގެ ކުލާސްތަކުން ހޮވާލެވުނު ކުދިންވަނީ ބައިވެރިވެފައެވެ.

ހިރިޔާ ސްކޫލުން ކުރިން ބުނެފައި ވަނީ، މިފަދަ ނުރަސްމީ ބައްދަލުވުމަކުން ކުދިން ސްކޫލާ މެދު ދެކޭގޮތާއި ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅު ކުރަން އެކުދިންގެ ފެންވަރުގައި ޚިޔާލު ލިބިގެންދާނެ ކަމަށެވެ. ޕްރިންސިޕަލާއެކު މިފަދަ ފުރުޞަތެއް ލިބުމަކީ ދަރިވަރުންނަށްވެސް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްކަން އެކުދިން ފާހަގަ ކުރާކަމަށް އެ ސްކޫލުން ދެކެއެވެ.
" މީގެ ސަބަބުން ކުދިންނާއެކު ވަރަށް ގާތްކޮށް، ތަފާތު މާހައުލަކުން ވާހަކަ ދައްކާލެވޭ. ކިޔެވުމާއި ސްކޫލްގެ ހަރަކާތްތަކާ ގުޅޭ ގޮތުން ވަރަށް މުހިންމު ޚިޔާލުތައް ލިބޭ. ކުދިންނަށް ހުޅުވިފައިވާ މާހައުލެއްގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ފަހިކޮށްދެވޭ" ދަރިވަރު ނޫހާ ކުރިދިމް އިންޓަވިއުއެއްގައި ރިންޒީ ވިދާޅުވިއެވެ.
"ޓީ ވިތް ޕްރިންސިޕަލް" ހިރިޔާއިން ފެށީ 2018 ވަނަ އަހަރުއެވެ.

ހިރިޔާ ސްކޫލުން އަންނަނީ ކިޔެމުގައި އެހެން ސްކޫލްތަކަށް ނަމޫނާ ދައްކަމުންނެވެ. އެ ސްކޫލްގެ 30 ދަރިވަރަކު ސާނަވި އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އޭގެ ތެރޭގައި އެއްވަނައިގައި ހިމެނުނު ތިން ކުދިން ވެސް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *