ހިލޭ ޑިގްރީގައި ކިޔަވާ ދަރިވަރުންގެ ޢަދަދު 15،000އަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައާރަފްކޮށްދެއްވި ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިހާތަނަށް 15،000އަށް އަރައިފި އެވެ.  

އޭގެ ތެރޭގައި ހިމެނެނީ 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުންނެވެ.

ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 5،163 ދަރިވަރުން މިހާރު ވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ.

މިހާތަނަށް ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު 15،000 ދަރިވަރުންގެ ތެރޭގައި ހިމެނެނީ:

2019 ވަނަ އަހަރު: 4,804 ދަރިވަރުން،

2020 ވަނަ އަހަރު: 4،818 ދަރިވަރުން،

2021 ވަނަ އަހަރު: 3،301 ދަރިވަރުން،

2022 ވަނަ އަހަރުގެ މިހާތަނަށް: 2،077 ދަރިވަރުންނެވެ.

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000އަށް ހަމަވުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާކައިރީ ރަށުގައި ތިބެގެން ފުރަތަމ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެ ކަމަށެވެ. އަދި މީގެ ސަބަބުނއިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށްބޮޑަށް ފަހިވެއްޖެކަމަށް ވިދާޅުވިއެވެ.

އަދި އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް ގަބޫލުކުރައްވާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން މިހާބޮޑު ހޭދައެއް ކުރަނީ ރާއްޖޭގެ ކުރިމަގު އުޖާލާވެ ގައުމު ބިނާކުރެވެނީފަންނީ ހުނަރުވެރި ޒުވާނުންތަކެއް އުފެއްދިގެންކަމުގައިވާތީ އެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފައިވެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *