ސާނަވީއާއި މަތީ ސާނަވީއަށް، އަމިއްލަ އިމްތިޙާނެއް ފަރުމާކުރަނީ

ސާނަވީއާއި މަތީ ސާނަވިއަށް، ރާއްޖޭގެ އަމިއްލަ އިމްތިޙާނެއް ފަރުމާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އަމިއްލަ އިމްތިޙާނެއް އޮތުން މުހިންމު ކަމަށާއި އެފަދަ އިންތިޙާނެއް ބާއްވަން ބޭނުންފުޅުވާކަމަށެވެ.

އެކަމަނާ ވިދާޅުވީ، އެފަދަ އިމްތިޙާނެއް ރާއްޖެއަށް މުހިންމީ، ރާއްޖޭގައި ކިޔަވައިދެނީ ނެޝަނަލް ކަރިކިއުލަމަކަށް ވާތީއެވެ.

މިނިސްޓަރު ވިދާޅުވީ، އަމިއްލަ އިމްތިޙާނެއް ދިނުމުން، ދިވެހިރާއްޖެއާ ގުޅޭ ކޮންޓެންޓްތަކަށް އިމްތިޙާން ޕޭޕަރުތައް ފަރުމާކުރެވޭނެ ކަމަށެވެ.

" އެ މަސައްކަތް ވަނީ ފަށާފައި، އެއީ ކުރެވެމުންދާ މަސައްކަތެއް"

މިނިސްޓަރު ވިދާޅުވީ، އުއްމީދަކީ އެ މަސައްކަތް އެގޮތަށް ޙާޞިލްވުން ކަމަށެވެ.

އޯލެވެލްއާއި އޭލެވެލްގައި ރާއްޖޭގައި ދެނީ ކެމްބްރިޖާއި އެޑެކްސެލް އިމްތިޙާނެއެވެ. އަންނަ އަހަރުން ފެށިގެން އޭލެވެލްގައި ވެސް ދޭނީ ކެމްބްރިޖް އޭލެވެލްއާއި އޭއެސް އެލެވެލް އިމްތިޙާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *