އަވައްޓެރި ފުލުހުންގެ ދައުރާ ގުޅޭގޮތުން ކުޑަކުދިންނަށް ޚާއްޞަ ކުރެހުމުގެ މުބާރާތެއް

ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން، ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ބިނާކުރަންޖެހެނީ ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުންގެ ދައުރާ ގުޅޭ ގޮޔުންނެވެ.

މި މުބާރާތަކީ 16 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައެވެ.

މި މުބާރާތުގެ 1 ވަނަ އަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ކުރެހުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *