އޯޒޯން ދުވަސް ފާހަގަކުރަން ހުސްވި އަހަރު ބޭއްވި ކުރެހުމުގެ މުބާރާތުގައި، ޒުވާނުންގެ ކުރެހުމުގެ ބައިން އެއްވަނަ ހިތަދޫ ސްކޫލްގެ ގުރޭޑް ދިހައެއްގައި މިހާރު ކިޔަވަމުންދާ ނޫރާން ބިންތި މުޙައްމަދު ވަނީ ހޯދާފައެވެ. ނޫރާންގެ ކުރެހުން ރީޖަނަލް މުބާރާތަށް ހޮވިފައިވާއިރު، 30 އިންސައްތަ ލިބެނީ އާންމުންގެ ވޯޓުންނެވެ. ނޫރަންގެ ކުރެހުމަށް ކޮންމެ މީހަކަށް ވެސް ވޯޓް ދެވޭނެއެވެ. ނޫރާންއަށް ވޯޓް ދިނުމަށް އާއިލާއި ހިތަދޫ އިސްކޫލުން އެދެއެވެ. ވޯޓް ދިނުމުގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 31 އެވެ. ތިރީގައިވާ ލިންކު މެދުވެރިކޮށް ވޯޓް ދެވޭނެއެވެ.

https://www.ozone2climate.org/public-voting
އޯޒޯން ދުވަހުގެ އާރޓް ކޮމްޕެޓިޝަން ކުރިއަށް ގެންދިޔައީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ޔޫތް ޑްރޯވިން، ޑިޖިޓަލް ޕެއިންޓް ފޮޓޯގްރަފީއެވެ.
ނޫރަން ބުނީ، މުބާރާތުގައި ބައިވެރިވިއިރު ވިސްނީ ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކާއިރާއްޖެއަށް ކުރާނެ އަސަރުތަކުގެ މައްޗަށެވެ. ނޫރަންގެ އެކްރެލިކް ކުރެހުމުގައި ގެނެސްދީފައި ވަނީ އެއަރކޮންޑިޝަނާއި އައިސްއަލަމާރިން ބޭރުވާ ގޭހުން ގަނޑުފެންތައް ވިރި، ލޮނުގަނޑު އުސްވުމުގެ ސަބަބުން ރާއްޖެކަހަލަ ޖަޒީރާ ރަށްތައް އަޑިއަށްދާ މަންޒަރެވެ.

އެ ކުރެހުން ނިންމާލަން ހަފްތާއެންހާ ދުވަސް ނޫރަން ހޭދަކުރިއެވެ. މަދު ދުވަހެއް ފިޔަވާ ކޮންމެ ދުވަހަކު ވެސް ދެތިން ގަޑިއިރު ކުރެހުމުގައި ހޭދަކުރިއެވެ.
" ކުރެހެން ނިންމާލެވުމުން ވަރަށް ހިތްހަމަޖެހުނު. އެކަމަކު ވަނައަކަށް ދާނެ ކަމަށް އުއްމީދެއް ނުކުރަން" ނޫރާން ބުންޏެވެ.

ނޫރަން ބުނީ ގުރޭޑް ފަހަކުން ފެށިގެން މަންޒަރުތައް ކުރަހާ ކަމަށާއި، ހޮބީއެއްގެ ގޮތުގައި ކުރެހިޔަސް އެންމެ ފަހަރަކު ނޫނީ މުބާރާތެއްގައި ބައިވެރި ނުވާ ކަމަށެވެ.

" ގުރުރަތީ މަންޒަރުތަކާއި ހިތަށް އަރާ ޚިޔާލީ މަންޒަރުތައް ކުރަހަނީ" ނޫރާން ކިޔައިދިނެވެ.
advertisment
ހިޔާލު