" ރަންތާޖު"ގެ ނަމުގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމެއް ވ. ކެޔޮދޫ ސްކޫލުން ފަށައިފިއެވެ.
ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވީ، ރަންތާޖު ކުރިއަށް ގެންދަނީ ހަ އަހަރު ދުވަހުގެ ތެރޭގައި ހާފިޒުން އުފެއްދުމަށް އަމާޒުކޮށްގެން ކަމަށެވެ. އާންމުކޮށް އެ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތެރެއިން ކޮންމެ މަހަކު އެއްފަހަރު، ޤުރުއާން ހިތުދަސްކުރަން ދަރިވަރުން ކުރަމުން އަންނަ މަސައްކަތް އެ ސްކޫލްގެ ޓީޗަރުން ބަލަމުންދާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ފުރަތަމަ ޓާގެޓަކީ ހަ އަހަރުގެ ތެރޭގައި ހާފިޒެއް އުފެއްދުން" ޒައީމާ ވިދާޅުވިއެވެ.
200 އެންހާ ދަރިވަރުން ކިޔަވަމުންދާ ކެޔޮދޫ ސްކޫލުން ބުނީ، ހާފިޒުން އުފެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި ދަރިވަރުން ޤުރުން ހިތުދަސްކުރަމުންދާ މިންވަރު ބަލައި، ދަރިވަރުންގެ މަސައްކަތް އެސަމްބްލީގައި ފާހަގަކުރަމުންދާނެ ކަމަށެވެ.
މާތް ﷲގެ އިސްމުފުޅުތައް ހިތުދަސްކޮށް އެކަލާންގެ އިސްމުފުޅުތަކުގެ ބޭނުން ކޮށްގެން ދުޢާ ކުރުމުގެ އާދަ އަށަގަންނެވުމަށްޓަކައި މާތްﷲ ގެ 99 އިސްމުފުޅު ހިތުދަސް ކުރުމުގެ ޕޮރޮގްރާމެއް ވެސް އެ ސްކޫލުން ވަނީ ފަށާފައެވެ.
advertisment
ހިޔާލު