"ޕީޓީއޭ ގްރާންޓް"ގެ ގޮތުގައި ކުޅުދުއްފުށީ ތިން ސްކޫލަކަށް 150،000 ރުފިޔާ ދެނީ

"ޕީޓީއޭ ގްރާންޓް"ގެ ގޮތުގައި ކުޅުދުއްފުށީ ކައުންސިލުން ފައިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތު: މި އެހީގެ ސަބަބުން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހިންގަން ފަސޭހަވާނެ ކަމަށް ސްކޫލްތަކުން ބުނޭ- ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

"ޕީޓީއޭ ގްރާންޓް"ގެ ގޮތުގައި ކުޅުދުއްފުށީ ތިން ސްކޫލަކަށް 150،000 ރުފިޔާގެ އެހީދޭން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީކައުންސިލުން ވަނީ "ޕީ.ޓީ.އޭ ގްރާންޓް"ގެ އެހީދޭ ތިން ސްކޫލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެހީ ދޭން ނިންމީ، ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީމަރުކަޒާއި، އަފީފުއްދީން ސްކޫލަށެވެ.

މި ގްރާންޓް ސްކީމްގެ ދަށުން ސުކޫލްތަކުން ހުށައެޅި ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 50،000 ރުފިޔާ އެހީ ދޭނެއެވެ.

މި ސްކީމްގެ މަގްސަދަކީ ޕީޓީއޭ ތަކުން ސުކޫލްތައް ކުރިއަރުވަންކުރާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދީ، ސްކޫލު ކުރިއެރުވުމުގައި ޕީޓީއޭ ގެ ދައުރު ފުޅާ ކުރުމުގެ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީގެ ތަޢުލީމީ ހާލަތު ރަނގަޅުކުރުން ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެއެވެ.

ހދ. އަތޮޅު ތަޢުލީމީމަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން ފޯރުކޮށްދިނީ ސްކޫލްތަކަށް ބޭނުންވާ ވަރަށް މުހިންމު އެހީތެރިކަމެކެވެ.

" އެކްސްޓްރާ އެކްޓިވިޓިއާއި ޔުނީފޯމް ހަރަކާތްތަކަށާއި ސްޓަޑީ ކޭމްޕްތަކަށް ވެސް ޚަރަދު ކުރެވޭ ގޮތައް މި އެހީތެރިކަން ފޯރުކޮށް ދިނީ" މަތީން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *