އުމުރުން އެންމެ ދޮށީ އިނގިރޭސި ވިލާތުގެ ދަރިވަރު ޖީސީއެސްއީ އިމްތިހާނުގެ ހިސާބު މާއްދާއިން ފާސްވެއްޖެއެވެ.
92 އަހަރުގެ ޑެރެކް ސްކިޕަރ ވެގެންގޮސްފައިވަނީ ޖީސީއެސްއީ އިމްތިހާނުގައި މިހާތަނަށް ބައިވެރިވި އުމުރުން އެންމެ ދޮށީ މީހާއަށެވެ.
ޑެރެކް ބައިވެރިވެފައިވަނީ "ފްރީ އެޑަލްޓް އެޑިޔުކޭޝަން ކޯސް" އެއްގެ ދަށުން ނަގަމުން އަންނަ ޖީސީއެސްއީ އިމްތިހާނެއްގައެވެ. މިއިމްތިހާނުން ފާސް ގްރޭޑުގެ ގޮތުގައި އޮންނަނީ 4 ނުވަތަ 5 ލިބިގެންނެވެ. ޑެރެކަށް ލިބިފައިވަނީ 5 އެވެ.
16 އަހަރުގެ ކުދިންތަކަކާއެކު ޖީސީއެސްއީ އިމްތިހާނުގެ ޓެސްޓު ހަދަން އިން އިރު، ލޮލުގެ ފެނުން ދަށްވެފައިވާތީ ޑެރެކް ސްކިޕަރ ސުވާލުތައް ކިޔުމަށް ބޮޑުވާ ބިއްލޫރި ލޯގަނޑެއް ބޭނުން ކުރިއެވެ.
ޑެރެކު ކިޔަވާފައިވަނީ އޮންލައިންކޮށެވެ. އެއީވެސް އޭނާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.ނަތީޖާއާއެކު ޑެރެކް ސްކިޕަރ އާއި އާއިލާއަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވެއެވެ.
ހިޔާލު