އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް އައްޑޫގައިފަށަނީ

"އިންޓަރ ސްކޫލް ރޯވިން ބީޗު ސްޕްރިންޓް 2019″ އައްޑޫސިޓީގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ މުބާރާތް އޮންނާނީ އައްޑޫސިޓީ ހިތަދޫ ފަތާ ސަރަޙައްދުގައި ކަމަށެވެ. މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރ 31 ނޮވެމްބަރ 1 އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލަށްފަށާ މި މިމުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 4 ސްކޫލެވެ. އެއީ ފޭދޫ ސްކޫލާއި، ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، އައްޑޫހައި ސްކޫލެވެ. އެ 4 ސްކޫލުން ޖުމްލަ 70 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. މިއީ ދެ ޖިންސްގެ ދަރިވަރުންނަށް ވެސް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ސްޕޮންސަރ ކޮށްދެއްވައިފައިވަނީ އެސްޓީއޯ، މިފްކޯ، އެމްޑަބްލިޔުއެސްސީ، އެމްޓީސީސީ އެވެ. ސްޕޮންސަރ ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ.
މި މުބާރާތް ކުރިއަށްދާނީ އެންމެ ފުރަތަމަ ބީޗުގައި ދުވެފައި ގޮސް ރޯވިން ބޯޓަށް އަރާނީއެވެ. އެއަށްފަހު މޫދުގައި އަޅާފައި ހުންނަ ބޮއިތަކެއްގެ ފަށައި ފަލިޖެހުމަށްފަހު އެނބުރި ފެށި ހިސާބަށް އަންނާނީއެވެ. އެއަށްފަހު ބޯޓުން ފައިބައިގެން ދުވެފައި އައިސް ފިނިޝިން ލައިން ހުރަސްކުރާނީއެވެ. އެއްވަނަ ލިބޭނީ ފުރަތަމަ ހުރަސްކުރާ އެތުލީޓަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *