އެމްއެންޔޫގެ ތެވެލި މަހާސިންތާ ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ( އެމްއެންޔޫ)އިމް އިލްމީ ދިރާސާތައް ހުށަހަޅަން ބާއްވާ ބައިނަލްއަގުވާމީ މަހާސިންތާ "ތެވެލި" މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި މަހާސިންތާ މިއަހަރު ޚާއްޞަ ކޮށްފައިވަނީ ޤައުމު ބިނާކުރުމާ ގުޅޭ ދިރާސާތަކަށެވެ.

ބައިނަލްއަގުބާވީ ގިނަ ދިރާސާތަކެއް ވެސް ހުށަހަޅާ، މި މަހާސިންތާ ޝަރަފުވެރިކޮށްދެއްވީ ނާއިބް ރައީސް ފައިސަލް ނަސީމެވެ.

މި މަހާސިންތާގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ނިޒާމަކީ ދިރާސާކުރެވި އޭގެ މައްޗަށް ބިނާވެފައިބާ ނިޒާމަކަށް ހެދުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މަހާސިންތާއަށް 64 ދިރާސާ ކަރުދާސް ހުށަހަޅާނެއެވެ. ދިރާސާތައް ހުށަހަޅާ ގައުމުތަކުގެ ތެރޭގައި އިންޑިއާއާއި ސްރީލަންކާއާއި ބަންގްލަދޭޝްއާއި ޕާކިސްތާނާއި ނައިޖީރިއާއި ލެޓްވިއާގެ އިތުރުން ކްރޮއޭޝިއާ ހިމެނެއެވެ. މަހާސިންތާގައި ރާއްޖެއާއި ބޭރުގެ 200 އެންހާ މީހުން ބައިވެރިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *