"ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019″ 400 އަށްވުރެ ގިނަ ކުދިންނާއެކު ބާއްވައިފިއެވެ.
މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިޔަށްދިޔަ މި ކުޅިވަރު މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.
ޕެރަ އޮލިންޕިކްސްގައި ހިމެނޭ ބައެއް ކުޅިވަރުތަކަށް ކުދިން ތަމްރީނު ކުރެވޭގޮތަށް ބައްޓަންކޮށްގެން ކުރިޔަށްގެންދާ ސްޕޯސް ފެސްޓިވަލް ބޭއްވުމުގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 400 އަށްވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ސްޕޯރޓްސް ފެސްޓިވަލްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް 2011 ވަނަ އަހަރުން ފެށިގެން ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ މި ސްޕޯޓްސް ފެސްޓިވަލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވެދޭ ބައެއް ޖަމުޢިއްޔާތަކާ ބައެއް ސްކޫލުތައް ގުޅިގެން ބާއްވާ ހަރަކާތެކެވެ.
ހިޔާލު