މިއަހަރު ބޭއްވި ޖީސީއީ އޯލެވެލްގެ ގަދަ 10 ގައި ކުޅުދުއްފުށި ސިޓީގެ 3 ސްކޫލުން 33 ދަރިވަރުން ހިމެނިއްޖެއެވެ. ގައުމީ ގަދަ ދިހައެއްގައި އެރަށުން އެންމެ ގިނަ ދަރިވަރުން ހިމެނިފައިވަނީ އަފީފުއްދީން ސްކޫލުންނެވެ. އެއީ 16 ދަރިވަރުންނެވެ. 13 ދަރިވަރުން ޖަލާލުއްދީން ސްކޫލުން ހިމެނިފައިވާއިރު ހދ.އަތޮޅު ތަޢްލީމީ މަރުކަޒުން ހިމެނިފައިވަނީ 4 ދަރިވަރުންނެވެ.

ޖަލާލުއްދީން ސްކޫލުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު 13 ދަރިވަރުން ހިމެނިފައިވަނީ ދެވަނައިގައި ދެދަރިވަރު، ތިންވަނައިގައި ދެދަރިވަރު، ފަސް ވަނައިގައި އެއް ދަރިވަރު، ހަވަނައިގައި ދެދަރިވަރު، ހަތްވަނައިގައި އެއް ދަރިވަރު، އަށްވަނައިގައި އެއް ދަރިވަރު، ނުވަ ވަނައިގައި ދެދަރިވަރުން އަދި ދިހަވަނައިގައި ދެދަރިވަރުންނެވެ.

އަފީފުއްދީން ސްކޫލުގެ ނަތީޖާއަށް ބަލާއިރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން ހިމެނިފައިވަނީ ދެވަނައިގައި އެއް ދަރިވަރު، ތިންވަނައިގައި ތިން ދަރިވަރު، ހަތަރު ވަނައިގައި ތިން ދަރިވަރު، ފަސްވަނައިގައި އެއް ދަރިވަރު، ހަތް ވަނައިގައި ތިން ދަރިވަރު، ނުވަ ވަނައިގައި ތިން ދަރިވަރު އަދި ދިހަ ވަނައިގައި ދެދަރިވަރުންނެވެ.

އަލަށް އޯލެވެލް ހެދި ހދ. އަތޮޅު ތަޢްލީމީ މަރުކަޒުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ހަތަރު ދަރިވަރުން ހިމެނިފައިވަނީ، ހަތަރު ވަނައިގައި އެއް ދަރިވަރު، ފަސްވަނައިގައި އެއް ދަރިވަރު، އަށްވަނައިގައި އެއް ދަރިވަރު އަދި ނުވަ ވަނައިގައި އެއް ދަރިވަރެވެ.
advertisment
ހިޔާލު