ފާއިތުވި ތިން އަހަރު، މަތީ އިމްތިޚާނުން އެއްވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ގަނައީ އަންހެން ދަރިވަރުންނެވެ. 2019 ވަނަ އަހަރު، މަތީ ސާނަވީން އެއްވަނަ ހޯދި ހަ ދަރިވަރުންނަކީ ވެސް އަންހެން ދަރިވަރުންނެވެ.
އެ ދަރިވަރުންނަކީ:
- އާމިނަތު ނޫހާ ނިމާލް، 6 އޭ ސްޓަރސް (ސީއެޗްއެސްއީ)
- އިބާ އާދަމް، 6 އޭ ސްޓާރސް (ޖަލާލުއްދީން ސްކޫލް)
- އައިން އަލީ ރަޝީދު، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
- މަޢާނީ މުއާވިޔަތު ޝަރީފު، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
- މަރިޔަމް މަލްސާ އަލީ، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
- ޝަނީ ޝަމީމް، 5 އޭ ސްޓަރސް (ސީއެޗްއެސްއީ)
ސްކލަރޝިޕް ލިބުނު ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވެސް ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުވެސް އެކަން ފާހަގަކުރެއްވިއެވެ.
މަތީ ސާނަވީ އިމްތިޙާނުން 1 ވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް 2019 ވަނަ އަހަރު ޙާޞިލްކުރި ވެސް އަންހެން ދަރިވަރުންނެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 28 ދަރުވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބިފައިވާއިރު، އޭގެ ތެރޭގައި ވެސް ގިނައީ އަންހެން ދަރިވަރުންނެވެ. ފާއިތުވި ތިން އަހަރު 28 ދަރިވަރަކަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުންނެވެ.
މަތީ ސާނަވީގައި ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ޚާއްޞަ ސްކޮލަރ ޝިޕްގެ ދަށުން އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ ޑޮކްޓަރީކަމެވެ. އެކުދިން ކިޔަވަމުން ދަނީ މެލޭޝިޔާއާއި އިނގިރޭސިވިލާތު ގައެވެ. އެއީ އަންހެން ހަ ދަރިވަރުންނާއި ފިރިހެން ފަސް ދަރިވަރެކެވެ.
advertisment
ހިޔާލު