އަތޮޅު މުބާރާތްތަކުން ހޮވޭ ކުދިން، ގައުމީ ޤުރުޢާން މުބާރާތުގައި ވާދަކުރާގޮތަށް ހަމަޖައްސަނީ

އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުން ހޮވޭ ކުދިން، ގައުމީ ޤުރުޢާން މުބާރާތުގައި ބައިވެރި ކުރާ ގޮތަށް ހަމަޖައްސާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.

ގައުމީ ޤުރުޢާން މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ޤުރުޢާން މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް އަންނަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، އަންނަ އަހަރުން ފެށިގެން ގައުމީ މުބާރާތުގައި ވާދަކުރާނީ އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުން ހޮވޭ ކުދިންނެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް ގައުމީ ޤުރުޢާން މުބާރާތް ބާއްވާނީ މިއަހަރު ބޭއްވި މުގައްރަރަށް ކަމަށެވެ. މިކަމުގެ ސަބަބުން އަންނަ އަހަރުގެ މުބާރާތައް ފަރިތަ ކުރުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
1273 ފަރާތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާއިރު، މި މުބާރާތުގައި ބައިވެރިވާ ކުދިންނަށް ދޭ އެލަވަންސް މިހާރަށްވުރެ ބޮޑުކުރަން، އުޞޫލު މުރާޖަޢާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ބާއްވާ މުބާރާތުގައި ކައުންސިލްތަކަށާއި މުވައްސަސާތަކަށްވެސް ފުރުޞަތު ދެއްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *