ރޮބެޓިންއާއި ކޯޑިންއަށް ޚާއްޞަ ކޮލިޑޭ ކޭމްޕެއް

ހޮރައިޒަން އެކަޑަމީން ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން- ރޮބޮޓިންއާއި ކޯޑިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ހޮލިޑޭ ކޭމްޕުން މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާނެ- ފޮޓޯ: ހޮރައިޒަން އެކަޑެމީ

ސްކޫލް ބޮޑުޗުއްޓީގައި ރޮބެޓިންއާއި ކޯޑިންގއަށް ޚާއްޞަ ހޮލިޑޭ ކޭމްޕެއް ފަށަން ހޮރައިޒަން އިންޓަރނޭޝަނަލް އެކަޑެމީން ނިންމައިފިއެވެ.

މި ކޭމްޕްގައި ގުރޭޑް އެކަކުން ފެށިގެން ގުރޭޑް 10ގެ އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ހޮރައިޒަން އެކަޑެމީން ބުނެއެވެ. އަދި އެތަނުން ބުނީ، ސްކޫލް ނިންމާފައި ތިބި ކުދިންގެ ތެރެއިން އިންޖިނިއަރިންގ ދާއިރާއަށް ޝަޢުޤު ހުންނަ ދަރިވަރުންނަށްވެސް މި ކޭމްޕްގައި ބައިވެރިވެވޭނެ ކަމަށެވެ.

ޖުލައި 23ން 31އަށް، ޖުމްލަ 36 ގަޑިއިރު މި ކޭމްޕްގައި ދަރިވަރުން ހޭދަކުރާއިރު، ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2،345 ރުފިޔާއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މި ކޭމްޕުގައި ބައިވެރިވާ ދަރިވަރުން ރަޖިސްޓްރީކުރަން ޖެހެއެވެ.

ހޮރައިޒަން އެކަޑެމީން ބުނީ، މި ކޭމްޕްގައި ކިޔަވާދޭ މައިގަނޑު ބައިތަކުގެ ތެރޭގައި ރޮބެޓިކް އިންޖިނިއަރިންގއާއި އިލެކްޓްރޯނިކްސްގެ އިތުރުން ގުޅުން ހުރި ދާއިރާތަކާ ގުޅޭ ހާޑްވެއަރއާއި ސްފްޓްވެއަރއާއި ކޯޑުކުރުމާއި ޕްރޮގްރާމް ކުރަން ދަސްކޮށްދޭނެ ކަމަށެވެ.

ހޮރައިޒަން އެކަޑެމީން ބުނީ، މި ކޭމްޕްގައި ކުދިން ތައްޔާރުކުރާ އުފެއްދުންތައް ސްޓެފިކްޓް ދޭ ދުވަހު ދައްކާލަން ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހުންނަ ހޮރައިޒަން އެކަޑަމީން ތަފާތު ކޯސްތައް މިހާރު ވެސް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯސްތައް ހިމެނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *