މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް މައިޓުން ފަށައިފި

މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (މައިޓު)ން ފަށައިފިއެވެ. މިއަދު ފެށީ މީގެ ދެވަނަ ޕްރޮގްރާމެވެ.

ދިވެހިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމަށް، އެކުންފުނިން ދަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގާރަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް މިއަދު ފެށި ޕްރޮގްރާމުގައި ހިމެނެނީ ތިން ބައެކެވެ. އެއީ ވަޑާން ކުރުމާއި، ކަރަންޓް ވައިރު ކުރުމާއި، އާރޓްސްއެވެ. މި ޕްރޮގްރާމް ހިންގަނީ ހަތަރު ހަފްތާގެ މުއްދަށެވެ. ފީ އެއްގެ ގޮތުގައި ނަގަނީ 500ރ އެވެ.

މިއަދު ފެށި ޕްރޮގްރާމުގައި ހިމެނޭ ވަޑާމުގެ މަސައްކަތުގައި 12 ކުދިން، އާޓްސްގައި 10 ކުދިން، ވައިރުކުރުމުގައި އަށް ކުދިން ބައިވެރިވިއެވެ.

މައިޓުން ބުނީ މި ޕްރޮގްރާމް ހިންގަން ފެށިފަހުން ބެލެނިވެރިންގެ ފަރާތުން ލިބޭ ތަރުހީބު އިތުރުވަމުންދާ ކަމަށާއި، މީގެ ތިންވަނަ ބުރެއް ބޮޑު ޗުއްޓީތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މައިޓުން ވަނީ ޣިޔާސުއްދީނުގެ ދަރިވަރުންނަށް މަސައްކަތުގެ މާހައުލަށް ނެރުމަށް އެ ސްކޫލްގައި ޚާއްޞަ ކުލާސްތަކެއް ހިންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *