ކުޅުދުއްފުށިން ކިޔެވި ކުދިންގެ ތެރެއިން އޭ ލެވެލްއާއި އޯ ލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަގުވަޒަން ކޮށްފި

ކުޅުދުއްފުށީ ސިޓީގެ ސްކޫލްތަކުގައި ކިޔެވި ދަރިވަރުންގެ ތެރެއިން އޭލެވެލްއާއި އޯލެވެލް އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.

މިއަދު ބޭއްވި ހަފްލާގައި ފާއިތުވި ދެ އަހަރުގެ އޭލެވެލްއާއި 2020-2021 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު 35 ދަރިވަރަކަށް އަގުވަޒަން ކުރުމުގެ ގޮތުން އިނާމްވަނީ ދީފައެވެ.

ކުޅުދުއްފުށީ ކައުންސިލުން ނިންމާފައި ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ކޮންމެ ދަރިވަރަކަށް މަދުވެގެން 5000ރުފިޔާގެ އިނާމެއް ދިނުމަށެވެ. ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް މިފަހަރު ދޮޅުލައްކައެންހާ ރުފިޔާގެ އިނާމް ވަނީ ދީފައެވެ.

 

މިއި ދަރިވަރުންގެ ކިޔެވުމަށާއި ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ސިޓީ ކައުންސިލުން ދޭ އިނާމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *