ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލްގައި ގްރޭޑް 1ން 12ށް، އަތޮޅު ތައުލީމީ މަރުކަޒުގައި ނުވައެއް، އުފައްދަނީ
ކުޅުދުއްފުށީގައި މަތީ ސާނަވީއަށް ކިޔަވައި ދެމުން އައި ޖަލާލުއްދީން ސްކޫލްގައި ގްރޭޑް 1ން 12ށް، އަދި އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް ނުވައެއް އަންނަ އަހަރު އުފައްދައި ކިޔަވައިދޭ ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމަފައިފިއެވެ.
ކުޅުދުއްފުށީ އިސްކޫލެއްގެ އޮފިޝަލަކާ ހަވާލާދީ ކުޅުދުއްފުށީ އޮންލައިނުން ބުނީ އަންނަ އަހަރުން ފެށިގެން އަތޮޅު ތައުލީމީ މަރުކަޒު، ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 10 އާހަމައަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކޮށް، ޖަލާލުއްދީން ސްކޫލަކީ އެކަކުން 12 ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރަން ނިންމީ ކަމާ ގުޅޭ ފަރާތްތަކާއެކު ކުރި މަޝްވަރާ ތަކަށް ފަހު ކަމަށެވެ.
"މިސަރުކާރުން އައިސް މި ބެލީ ތައުލީމީ ގޮތުން މި ދެ ސްކޫލަށް އެންމެ ރަނގަޅުވާނެ ގޮތަކީ ކޮބާތޯ ބަލާ އެގޮތަށް އަމަލުކުރެވޭތޯ މަސައްކަތް މިކުރަނީ. މިއީ ހަމައެކަނި އެޑިއުކޭޝަނުން އެކަނި ނިންމި ނިމުމެއް ނޫން. ރަށުގެ ސްކޫލުތަކުގެ ވެރިންނާ ބައްދަލުކޮށް ނިންމީ." އޮފިޝަލް ވިދާޅުވި އެވެ.
ޖަލާލުއްދީނުގައި ސާނަވީ އަދި މަތީސާނަވީއަށް ޚާއްޞަކޮށްގެން ކިޔަވައި ދެމުން ދިޔައީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެ ސްކޫލުން މަދުކުރި ކުރި ގްރޭޑްތައް އުފައްދަމުން ދިޔައީ އަތޮޅު ތައުމީމީ މަރުކަޒުގައެވެ.
މި ބަދަލާއެކު ކުޅުދުއްފުށީގެ ސްކޫލުތަކުގެ މެދުގައި ތައުލީމާއި ކުޅިވަރުގައި ވާދަވެރިކަން އުފެދި، ސްކޫލްތަކުގެ މެދުގައި ގިނަ މުބާރާތެއްވެސް ބޭއްވިގެންދާނެ ކަމަށް އެރަށުގެ ސްކޫލްގެ ވެރިން ފާހަގަކުރެވެ.
advertisment
ހިޔާލު