ކީރިތި ޤުރްއާން މުބާރާތުން އެއްވަނަ އިމާދުއްދީނުގެ މުހައްމަދު ސައީއަށް
ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުޙައްމަދު ސާއީ މުބާރިކް ހޯދައިފިއެވެ. މިމުބާރާތުގެ 2 ވަނަ ހޯދާފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޮރ އަސާސް ވިނަވި އެންޑް އިޔާރުގެ މުޙައްމަދު ނަބީޙް ރާޝިދެވެ. 3 ވަނަ ހޯދާފައިވަނީ ދައުވާ ފައުންޑޭޝަންގެ މުޙައްމަދު ނަބްހާނެވެ.
ސާނަވީ ސްކޫލްތަކުގެ ބައިން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. މަތީ ސާނަވީގެ ބައިން އެއްވަނައަށް ހޮވުނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އަމިއްލަ މުވައްސަސާތަކުގެ ބައިން އެއްވަނަ ހޯދާފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޮރ އަސާސް ވިނަވި އެންޑް އިޔާރެވެ.
1273 ބައިވެރިންނާއެކު ފެށި މި މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާގައި ވަނީ ހާފިޒު ކަމުގެ ޝަރަގު 15 ފަރާތަކަށް އަރުވާފައެވެ.
ވަނަ ވަނައަށް ފަރާތްތަކަށް އިނާމް ދިނުމަށް ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނާއިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ކޮމެންޓެއް