ހއ. އަތޮޅު މަދަރުސާގެ ފާއިތުވި ދެ އަހަރުގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ. 2019 ވަނަ އަހަރު ސާނަވީން އެއް ވަނަ ދަރިވަރަކީ، ޝިހާދާ އިބްރާހީމެވެ. މަތީ ސާނަވީން އެއްވަނަ ދަރިވަރަކީ ފާޠިމަތު ފިރުޝާއެވެ. 2020-2021 ވަނަ އަހަރު، ސާނަވީން އެއްވަނަ ދަރިވަރަކަށް ޢާއިޝަތު ޝައްފާ ޢަބްދުﷲ، ހޮވިއިރު، މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވީ، މަރްޔަމް އަފާފް މުޙައްމަދެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދެވެ. އިނާމް ދިނުމުގެ ޖަލްސާގައި، 2019 ވަނަ އަހަރު، އާންމު ކެޓަގަރީން 27 ދަރިވރުންނަށް، ޚާއްޞަ ކެޓަގަރީން 13 ދަރިވަރުންނަށް އިނާމް ދިނެވެ. 2020-2021 ވަނަ އަހަރު އިނާމް ދިނީ، އާންމު ކެޓަގަރީން 11 ދަރިވަރުންނަށާއި ޚާއްޞަ ކެޓަގަރީން 10 ދަރިވަރުންނަށެވެ.




ހއ. އަތޮޅު މަދަރުސާގައި 400 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު