އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާން ދިނުމާއި، ތަމްރީނު ހިންގުމަށް މޯލްޑިވްސް ޕޮލިޓެކްނިކާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދު މިއަދު ސޮއި ކޮށްފި އެވެ.
މި ފަހުމުނާމާގައި ސޮއިކުރީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން: މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން މިނިސްޓަރ ޢާއިޝަތު ނަހުލާ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ. ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު ސޮއި ކުރެވުނު ފަހުމުނާމާގެ ތެރެއިން ޕޮލިޓެކްނިކާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ތިއަރީ ޓެސްޓުގެ ޚިދުމަތް މީގެ ކުރިން ވެސް ކުރިއަށް ގެންދަވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ގަރާޖުތަކުގައި ޓްރާންސްޕޯޓުން ބޭނުންވާ ފެންވަރުގެ ފުރުސަތު ޕޮލިޓެކްނިކަށް ލިބިގެންދާ ކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
" މި ފަހުމުނާމާގެ ތެރެއިން އަޅުގަނޑު އުފާވާ ކަމަކީ ޕޮލިޓެކްނިކްގެ ޓްރަސްޓު ފަންޑަށްވެސް ހެޔޮ ގޮތެއް މެދުވެރިވެގެން ދާކަން. މިއީ އަޅުގަނޑުމެންނަށް މީގެ ތެރެއިން ލިބޭ ވަރަށް މުހިއްމު ފައިދާއެއް." މިނިސްޓަރ ވިދާޅުވި އެވެ.
ޓްރާންސްޕޯޓު ދާއިރާއަކީ ވަރަށް ގިނަ ތަފާތު ސްކިލްސްތަކެއް އެކުލެވޭ މަސައްކަތްތަކެއް ހިމެނޭ ވުޒާރާއަކަށް ވާއިރު އެ ވުޒާރާގައި ހިމެނޭ މަސައްކަތްތަކަކީ ސްޓޭންޑަރޑް ތަކާއި އެއްގޮތަށް ކޯސްތައް ހިންގާ ދާއިރާއަކަށް ވުމަކީ އެމަނިކުފާނުގެ ހުވަފެންފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ޕޮލިޓެކްނިކުން ތަމްރީނު ކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ރޯޑް ވާދިނަސް ހެދެމުންދާ ގަރާޖުތަކުގައި ތިބޭނީ ޕޮލިޓެކްނިކުން ޓްރެއިންވެފައި ތިބި މީހުން ކަމަށެވެ.
"އޭގެ އެއްފައިދާއެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ ރޯޑް ވާދިނަސް ހެދޭ ކޮންމެ ގަރާޖެއްގައި ދިވެއްސެއް ހުރުމުގެ މުހިއްމު ކަން. އޭގެ ސަބަބުން ވަޒީފާގެ ފުރުސަތު ވެސް އިތުރަށް ތަނަވެސް ވެގެ ދާނެ. ޕޮލިހުންނަށް ވެސް މި ކަންތައްތައް މޮނިޓަރ ކުރަން ވެސް ފަސޭހަ ވެގެންދާނެ." މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.
advertisment
ހިޔާލު