މާލެ ސަރައްދުގެ ބައެއް ސްކޫލްތަކުގައި " ރައްކާ" ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރަންފަށައިފިއެވެ.
ކޮންމެ އަހަރަކުވެސް މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގައި މި ޕްރޮގްރާމް ފުލުހުން ކުރިއަށް ގެންދެއެވެ. މިފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ޖާދުއްދީން ސްކޫލާއި ހުރަވީ ސްކޫލްގެ އިތުރުން ރެހެންދި ސްކޫލްގެ ދަރިވަރުންނަށެވެ.

ތާޖުއްދީން ސްކޫލްގެ 43 ދަރިވަރުން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެއެވެ. މީގެ އަހަރުތަކެއް ކުރިން ތާޖުއްދީން ސްކޫލުން ވަނީ ޓްރެފިކް މޮނިޓަރުން ތަމްރީނުކޮށް، ސްކޫލްގަޑީގައި އެ ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާފައެވެ.
ހުރަވީ ސްކޫލުން ބައިވެރިވެފައި ވަނީ ދަރިވަރުންނެވެ. ދަރިވަރުންގެ އިތުރުން ޓްރެފިކް މޮނިޓަރިންގ އާ ގުޅޭ މައުލޫމާތޫ ފުލުހުން ވަނީ އެ ސްކޫލްގެ ބެލެނިވެރިންނަށް ވެސް ވަނީ ދީފައެވެ.

ޓްރެފިކް މޮނިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ކާމިޔާބު ކަމާއެކު ފުލުހުން ހިންގައެވެ.
advertisment
ހިޔާލު