"އެންމެންވެސް ފޮތް ކިޔަމާ" ނަމުގައި ޚާއްޞަ ކެމްޕޭނެއް ފަށައިފި

ފޮތް ކިޔުމަށް މުޖުތަމަޢު އަހުލުވެރިކުރުމަށް ފޮތްކިޔަމާ ހޭޝްޓެގް ބޭނުންކޮށްގެން ޚާއްސަ ކެމްޕޭނެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.
އީ ބައިނަލްއަޤުވާމީ ލިޔަންކިޔަންދަތުމުގެ ދުވަސް ފާހަގަކުރުމަށް ގެންދާ ޚާއްސަ ޙަރަކާތެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ކެމްޕޭން ކުރިއަށް ގެންދިޔައީ ސްކޫލްކުދިންނާއި ޢާއްމުންގެ މެދުގައި ފޮތް ކިޔުމުގެ ޝައުގު އާލާކޮށް މިއާދަ އަށަގެންނެވުމުގެ މަގުސަދުގައެވެ. މި ކެމްޕޭނުގެ ދަށުން ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ ނައިބު ރައިސާއި ކެބިނެޓު މިނިސްޓަރުންވެސް ގެންދަވަނީމި ކެމްޕޭނުގެ ދަށުން ފޮތްކިޔަމާ ހޭޝްޓެގު ބޭނުންކުރައްވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުންނެވެ.

ލިޔަން ކިޔަން ދަތުމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރާއިރު، އެ މަސައްކަތް ރާއްޖޭގައި ފެށީ 1980 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު، އާބާދީގެ 18 އިންސައްތަ އަކީ ލިޔަން ކިޔަން ނުދަންނަ މީހުންނެވެ. މިހާރު ލިޔަން ކިޔަން ދަތުމުގެ ރޭޓަކީ 98 އިންސައްތަ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *