ބަނޑިދޫ ސްކޫލް ދަރިވަރުންނަށް ޓްރެފިކަށް އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި

ސްކޫލް ދަރިވަރުން ޤާނޫނުތަކަށް އަހުލުވެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދ. ބަނޑިދޫ ސްކޫލުގެ ދަރިވަރުންނަށް ޓްރެފިކް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ބަނޑިދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ސްކޫލު ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި، ފުލުހުންގެ ދައުރަކީ ކޮބައިކަމާއި ޤާނޫނުތައް ނަގަހައްޓަން ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.

އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ބެހޭގޮތުންނާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ޓްރެފިކް ކޮންޓްރޯލްކޮށް މެނޭޖްކުރުމާއި، ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އަމަލުތައް ބަހައްޓަންވީގޮތް ކިޔައިދިނުމުގެ އިތުރުން ޓްރެފިކް ނިޝާންތަކާއި އާންމުންނާއި މުޢާމަލާތު ކުރުމުގައި ކެތްތެރިކަމާއެކު ރިވެތި ބަހުން މުޢާމަލާތު ކުރުމަށް ނަސޭހަތްތެރިވެ، މަސައްކަތްތައް ބައްޓަން ކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ބަނޑިދޫ ސްކޫލުގެ ގްރޭޑް ފަހަކާއި 10 އަކާއި ދެމެދުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *