ސްކޫލްތަކަށް ބޭނުންވާ ދިވެހި ޓީޗަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ 59 ސްކޫލަކަށް ބޭނުންވާ ދާއިމީ ދިވެހި ޓީޗަރުން ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ އަލަށް ހޯދާ މި ޓީޗަރުން ސްކޫލްތަކުގައި ކިޔަވައި ދޭނީ އިގިރޭސި ބަހުން ކިޔަވައި ދޭ މާއްދާތަކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޖުލައި މަހުގެ ތެރޭގައިވެސް ޓީޗަރުން ހޯދަން އިއުލާން ކޮށްފައެވެ. އެފަހަރު އިއުލާން ކުރީ ދިވެހި ޓީޗަރުން ނުލިބިގެން ވަގުތީ ގޮތުން ކިޔަވައި ދޭނެ ބިދޭސީ ޓީޗަރުން ހޯދުމަށެވެ.

އަލަށް އިއުލާން ކުރި ޓީޗަރުންގެ ރޭންކަކީ ސީ.އެސް 11އިން ސީ.އެސް 15އަށެވެ. މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 އާއި 10000ރ ދެމެދެވެ. ސާވިސް އެލަވަންސެއްގެ ގޮތުގައި 2500ރ ކަނޑައަޅާަފައިވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ މުއްދަތަކީ އަންނަ އަންނަ އާދީއްތަ ދުވަހުގެ 1:30 ކުރިއެވެ.

ސަަރުކާރުން ހިންގާ 212 ސްކޫލްގައި 7900 ދިވެހި ޓީޗަރުން ކިޔަވައި ދެމުން ގެންދެއެވެ. ބިދޭސީ ޓީޗަރުންގެ ގޮތުގައި ތިބީ 1900 ޓީޗަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *