އިސްލާމިކް ޔުނިވަރސިޓީގެ އިލްމީ ކުރިއެރުވުމާބެހޭ މަހާސިންތާ ފަށައިފި
ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި މަހާސިންތާގެ މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ، ޢިލްމު ހިއްޞާކޮށް، ޢިލްމު އުނގެނުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމެވެ.
އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްގެންދާ މި މަހާސިންތާގެ ޗެއަރ ޑރ. ދީބާ މޫސާއެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި މަހާސިންތާއަށް މިފަހަރު، 50 ދިރާސާ ކަރުދާހާއި ފަސް ޕޯސްޓަރު ހުށަހަޅާނެއެވެ. މީގެ ތެރެން 35 ދިރާސާ ކަރުދާސް ހުށަހަޅާނީ މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ސައުތު އޭޝިޔާގެ އެކި ޤައުމުތަކުގެ ޢިލްމީ ބޭފުޅުންނެވެ. މި މަހާސިންތާއަށް ރާއްޖެއިން ހުށަހަޅާނީ 15 ކަރުދާހެކެވެ.
މި މަހާސިންތާގައި ކަރުދާސްތައް ހުށަހަޅާނެ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، މެންޓަލް ހެލްތް، ކަރިކިއުލަމް، އިސްލާމިކް ސިވިލައިޒޭޝަން، ފައިނޭންސް، ޤްރުޢާނިކް ސައިންސް، ޝަރީޢާ އެންޑް ލޯ، ޕޮލިޓިކްސް އެންޑް ޑިޕްލޮމަސީ، ޑިޖިޓަލައިޒޭޝަން އަދި ލޭންގުއޭޖް އެންޑް ލިޓްރޭޗަރ ހިމެނެއެވެ.
އިލްމީ ކުރިއެރުމާބެހޭ ގޮތުން ބައިނަލްއަގުވާމީ މި މަހާސިންތާ ބާއްވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.
advertisment
ހިޔާލު