މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، އެބަދަލުތައް 2021 ވަނަ އަހަރުގެ ތައުލީމީ އާ އަހަރާއެކު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މިހަރު ކިޔަވަމުންދާ މަންހަޖު މުރާޖައާ ކުރާނެ ގޮތުގެ ތަމްރީނު އިގިރޭސިވިލާތުގެ ކެމްބްރިޖް އެސެސްމެންޓް އިންޓަރނޭޝަނަލް އެޑިއުކޭޝަންގެ އެހީތެރިކަމާއެކު އެންއައިއީގެ މުވައްޒަފުންނަށް ދެމުންދާ ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ މަންހަޖު މުރާޖަޢާ ކުރުމަށް ނިންމާފައިވަނީ މަންހަޖް ތަންފީޒުކުރުމުގައި ދަރިވަރުންނާއި މުދައްރިސުންނަށްހުރި އުންދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށްކަމަށެވެ. އެ މަސައްކަތް ނިމި 2021 ވަނަ އަހަރުގެ ސާނަވީ އަހަރުގެ ކިޔެވުމާއެކު މަންހަޖަށް ގެންނަ އިސްލާހުތައް ތަންފީޒުކުރަން ފަށާނެ ކަމަށެވެ.
ވިސްނުން ހުރީ މިއީ ކުލާހުގައި ކުރިއަށް ގެންދަން ފަސޭހަ، ކިޔަވައިދޭން ފަސޭހަ، އުނގެނުމަށް ފަސޭހަ މަންޙަޖަކަށް ހެދުން." ޢަބްދުއްﷲ ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް އެއް ފަހަރާ ނުގެނަވުނަސް އެވަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށާއި، ބަދަލު ގެންނައިރު ކިޔަވައިދޭން ބޭނުންކުރާ ފޮތްތަކަށްވެސް އެ ބަދަލު ގެންނާނެ ކަމަށެވެ.
2015 ވަނަ އަހަރު ފެށި އާ މަންހަޖަށް ޓީޗަރުން އަހުލުވެރި ނުވާ ކަމުގެ ޝަކުވާތަކަށް ނިމުމެއް ގެނައުމަށް ޓީޗަރުންނަށް އިތުރު ތަމްރީން ނިންމާފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަމްރީނު ދެވިގެން މަންޙަޖު ތަންފީޒު ކުރަމުންއަންނަ ސްކޫލުތަކުން ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ.
advertisment
ހިޔާލު