ބުރުނީ ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި "ކަލަރ ރަން" ގައި ރައީސް ސޯލިހު

ބުރުނީ ސްކޫލަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި "ކަލަރ ރަން" ގައި ރައީސް ސޯލިހު

ކޮލޫމަޑުލު ބުރުނީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުން އިންތިޒާމްކުރި " ކަލަރ ރަން" ގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންނަވައިފިއެވެ. މި ދުވުމުގައި ރައީސްގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުލަޖެހުމުގެ ހަރަކާތާއެކު މިއަދު ހެނދުނު ބޭއްވި ދުވުމުގައި ތައުލީމީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކާއި ބުރުނީ ސްކޫލްގެ އެހާރާއި މިހާރުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކަށް މެޑަލް ދެއްވީ ރައީސް ސޯލިހެވެ.
ބުރުނީ ސްކޫލް އުފެދުނީ 1969 ވަނަ އަހަރު، އެރަށު ރައްޔިޔުންގެ ސްކޫލެއްގެ ގޮތުގައެވެ. އޭރު އެ ސްކޫލް ހިންގަމުން ދިޔައީ މަކްތަބަތުއް ސަބާގެ ނަމުގަ އެވެ. ބުރުނީ ސްކޫލަށް އެނަން ބަދަލުކޮށް ސަރުކާރު ސްކޫލެއްގެ ގޮތުގައި ހިންގަން ފެށީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *