ހަކުރު ހިމެނޭ ސްޕްޓް ޑްރިންކް ދުވާލަކު ދެ ފަހަރު ބުޔަސް ސިއްހަތަށް ނުރައްކާ

ހަކުރު ހިމެނޭ ސްޕްޓް ޑްރިންކް ދުވާލަކު ދެ ފަހަރު ބުޔަސް ސިއްހަތަށް ނުރައްކާވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ކުރި ދިރާސާގެ ތަފްސީލްގައި ބުނެފައި ވަނީ ހަކުރާއި އާޓިފިޝަލް ސްވީޓްނާ އެކުލެވޭ ލުއި ބުއިންތައް ހިމެނޭ ބުއިންތައް އާންމުކޮށް ބޯ މީހުންގެ އުމުރު ކުރުވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ބުނީ މި ދިރާސާ ހެދުމަށް މައުލޫމާތު އެއްކުރި މީހުންގެ ތެރޭގައި ހަކުރު ބައްޔާއި ކެންސަރާއި ހިތުގެ ބަލިތައް ވެސް އާންމު ކަމަށެވެ.

މި ދިރާސާއަށް ޔޫރަޕުގެ ދިހަ ގައުމެއްގެ 450،000 މީހުންގެ މައުލޫމާތު ސޯޅަ އަހަރު ވަންދެން ބެލެހެއްޓިއެވެ. މި މުއްދަތުގައި އެމީހުންގެ ކެއިން ބުއިމާއި، ކަސްރަތާއި، ބަރުދަނާއި ތާޒާ މޭވާ ޖޫސް ބޭނުންކުރި މިންވަރު ބަލާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *