ރަންމެޑަލް ހޯދުމުން ދީމާއަށް ސަރުކާރުން ދޭ ފައިސާގެ އަދަދު ބައިލައްކައަށް

ބައިނަލްއަގްވާމީ މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ކުޅުންތެރިންނަށް ސަރުކާރުން ބޯނަސް ދޭން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މިފަހަރު އެންމެ ގިނަ ފައިސާ ލިބޭ ކުޅުންތެރިއަކަށް ފާތިމަތު ދީމާ އަލީ ވެއްޖެއެވެ.

އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ވިމެންސް ސިންގަލްސް ރަން މެޑަލް ހޯދުމުގެ އިތުރުން ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމު އިވެންޓުން ރަން މެޑަލް ހޯދާފައެވެ.

ސަރުކާރުން ދޭ ބޯނަސްގެ ގޮތުގައި ދީމާ ހޯދި ތިން މެޑައްޔާއެކު، 535،000ރ ގެ ބޯނަހެއް ލިބޭނެ އެވެ. އެއީ ސިންގަލްސް އާއި ޑަބަލްސް ރަން މެޑަލް ހޯދުމުން 500،000ރ އާއި ޓީމު އިވެންޓުގެ ރަން މެޑަލް ހޯދުމުން ދޭ 35،000ރ. އެވެ ދެވަނަ އަށް، ބޯނަސްގެ ގޮތުގައި ފައިސާ ލިބޭނީ އައިޝަތު ރަފާ ނާޒިމަށެވެ. އޭނާ އަށް ޑަބަލްސް ރަން މެޑެއްޔަށް 250،000ރ. ސިންގަލްސް ރިހި މެޑެއްޔަށް 100،000ރ. އަދި ޓީމު އިވެންޓުގެ ރަން މެޑެއްޔަށް ލިބޭ 35،000ރ. އާ އެކު 385،000ރ. ލިބޭނެ އެވެ.

ޓޭބަލްޓެނިސް ޓީމުގައި ހިމެނު އަނެއް ދެކުޅުންތެރިން ކަމުގައިވާ މުއީނާ މުހައްމަދާއި ޖުމާނާ ނިމާލަށް ކޮންމެ ކުޅުންތެރިއަކަށް 135،000ރ ލިބޭނެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *