ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނަ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ޢުމުރުފުރައިގެ ތަށި ޖެހިޖެހިގެން 4 ވަނަ ފަހަރަށް ޖަމާލުއްދީން ސްކޫލުން އުފުލާލައިފިއެވެ.
ރޭ އޮލިންޕަހުގައި ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ އަދަބީ މުބާރާތްތަކުގެ ނަތީޖާފާޅުކުރުމުގެ ހަފުލާގައި ވަނީ 2017 ވަނަ އަހަރުގެ ބައެއް ނަތީޖާތަކާއި 2018 ވަނަ އަހަރު ބޭއްވުނު އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފައެވެ. 2017 ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެވުނު އިރު އިންސާފުކުރުމުގައި މައްސަލައެއް ދިމާވެފައިވާކަން ހާމަކުރެއްވުމަށްފަހު، އެކަން އިސްލާހު ކުރައްވައި 2017 ވަނަ އަހަރުގެ ނަތީޖާ އަލުން ވަނީ އިޢުލާންކުރައްވާފައެވެ. މިގޮތުން 2017 ވަނަ އަހަރު ބޭއްވުނު މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ޢުމުރު ފުރައިން 1 ވަނަ ހޯދައި އެ މުބާރާތުގެ ތަށި ޖަމާލުއްދީން ސްކޫލުން މިލްކުކޮށްފައިވާކަން އިޢުލާން ކުރެވުނެވެ. މި ތަށި ޖަމާލުއްދީން ސްކޫލާ ހަވާލުކޮށްދެއްވީ ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިންއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ބޭއްވުނު މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ ޢުމުރުފުރައިގެ ތަށި ވެސް ޖަމާލުއްދީން ސްކޫލުންވަނީ ހޯދާފައެވެ. މި އުމުރުފުރައިން 1 ވަނަ ދަރިވަރަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ރުވާ އިބްރާހީމެވެ.
2018 ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ 13 އަހަރާއި 16 އަހަރާ ދެމެދުގެ ޢުމުރުފުރާއިން 1 ވަނަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު އިބްރާހީމް ރަބީޠު ޠޯހާއެވެ. މި ޢުމުރުފުރައިން 1 ވަނަ ހޯދާފައި ވަނީ އިސްކަންދަރު ސްކޫލެވެ.

މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގެ 16 އަހަރާއި 21 އަހަރާ ދެމެދު ޢުމުރުފުރައިން 1 ވަނަ ހޯދާފައިވަނީ އިހަވަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝާތު ޢިލްމާ އަދުނާނެވެ. މި ޢުމުރުފުރައިން 1 ވަނަ ހޯދި ސްކޫލަކީ ބ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މަތީ ތަޢުލީމުގެ ބައިން 1 ވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރު ސަޢާދާ އިބްރާހީމެވެ. މި ފަރާތްތަކަށް ތަށި ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.
މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް 2018 ވަނަ އަހަރުގެ ވަނަތައް
13 އަހަރުން ދަށުގެ އުމުރުފުރާއިން 1ވަނަ ދަރިވަރު، ރުވާ އިބްރާހީމް، ޖަމާލުއްދީން ސްކޫލް
13 އަހަރުން ދަށުގެ އުމުރުފުރާއިން 1ވަނަ އިސްކޫލް، ޖަމާލުއްދީން ސްކޫލް
13 އަހަރުން ދަށުގެ އުމުރުފުރާއިން 2ވަނަ ދަރިވަރު، މުޙައްމަދު އުނައިޝް، އިހަވަންދޫ ސްކޫލް
13 އަހަރުން ދަށުގެ އުމުރުފުރާއިން 2ވަނަ އިސްކޫލް، ކަލާފާނު ސްކޫލް
13 އަހަރުން ދަށުގެ އުމުރުފުރާއިން 3ވަނަ ދަރިވަރު ޖުމައިރާ އާމިނަތު އާމިރު، އިސްކަންދަރު ސްކޫލް
13 އަހަރުން ދަށުގެ އުމުރުފުރާއިން 3ވަނަ ދަރިވަރު ޢާއިޝަތު އަލްޔާ ރިޟްވާން، އިސްކަންދަރު ސްކޫލް
13 އަހަރުން ދަށުގެ އުމުރުފުރާއިން 3ވަނަ އިސްކޫލް، އިސްކަންދަރު ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ ދަރިވަރު، އިބްރާހިމް ރަބީޠު ޠާހާ، އިސްކަންދަރު ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ އިސްކޫލް، އިސްކަންދަރު ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ ދަރިވަރު، ޢާއިޝަތު ނަޖޫދު ޢަލީ ނަސީރު، ކަލާފާނު ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ އިސްކޫލް، މަޖީދިއްޔާ ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ ދަރިވަރު، އަޙްމަދު ޢާއިފް އަބޫބަކުރު، މަޖީދިއްޔާ ސްކޫލް
13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ އިސްކޫލް، މުޙްޔިއްދީން ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ ދަރިވަރު، ޢާއިޝަތު ޢިލްމާ އަދުނާން، އިހަވަންދޫ ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 1ވަނަ އިސްކޫލް، ބ އަތޮޅު ތައުލީމީ މަރުކަޒު
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ ދަރިވަރު، ޙަސަން ޝަވާން، ސެންޓަރ ފޮރ ހަޔަރ ސެކެންޑަރީ އެޑިޔުކޭޝަން
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 2ވަނަ އިސްކޫލް، އިހަވަންދޫ ސްކޫލް
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ ދަރިވަރު، ސައިޙާ ޢަބްދުﷲ ޢިމާދު ބ އަތޮޅު ތައުލީމީ މަރުކަޒު
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ ދަރިވަރު، ޝަމީލާ ޢަބްދުލްޖަލީލް ބ އަތޮޅު ތައުލީމީ މަރުކަޒު
16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3ވަނަ އިސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކެންޑަރީ އެޑިޔުކޭޝަން
މަތީ ތައުލީމުގެ ބައި 1ވަނަ ބައިވެރިޔާ، ސަޢާދާ އިބްރާހީމް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
މަތީ ތައުލީމުގެ ބައި 2ވަނަ ބައިވެރިޔާ، ޢާއިޝަތު ސައިނާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
މަތީ ތައުލީމުގެ ބައި 3ވަނަ ބައިވެރިޔާ، ފާޠިމަތު މުޙައްމަދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ޖަމާލުއްދީނު އަކީ އަބަދުވެސް ރާއްޖޭގެ އެއްވަނަ.