ލ. އިސްދޫ ސްކޫލާއި، ފުވައްމުލަކު ސިޓީ މުހައްމަދު ޖަމާލުއްދީން ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރަން ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.
ޕީއެސްއައިޕީގެ ދަށުން މި ދެ ސްކޫލްގައިވެސް މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރަން ހަވާލުކުރީ ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ، އިސްދޫ ސްކޫލުގައި މަލްޓި ޕަރޕަސް ހޯލެއް އަޅުމަށް ދެމިލިއަން ރުފިޔާ، އަދި ޖަމާލުއްދީން ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރަން ހަތް މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމަން އެ ކުންފުނިން ހުށަހަޅާފައި ވަނީ ހަތް މަހާއި، އެއް އަހަރެވެ.
ލ.އިސްދޫ ސްކޫލާއި، ފުވައްމުލަކު ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި މަލްޓި ޕަރޕަސް ހޯލު އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާއެވެ.
ދެ ފަންގިފިލައަށް އަޅާ މަލްޓި ޕަރޕަސް ހޯލުގައި، ފާޚާނައާއި، ކޮންޓްރޯލް ރޫމާއި، ޗޭންޖިންގ ރޫމާއި ސްޓޯރ ރޫމެއް ހިމެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ މި އަހަރުގެ ތެރޭގައި 37 ސްކޫލެއްގެ ޖާގަ އިތުރުކުރަން ނިންމައި، 18 ރަށެއްގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައި ވަނީ ހަތް ރަށެއްގައެވެ. އަންނަ މަހުގެ ކުރީކޮޅު ނަވާރަ މަޝްރޫއެއްގެ މަސައްކަތް ކުރާނެ ފަރާތެއް ކަނޑައަޅައި އެފަރާތްތަކާ ހަވާލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
advertisment
ހިޔާލު