އައްޑޫގެ ތިން ސްކޫލަކުން، ޓްރެފިކް މޮނިޓަރުންގެ ގޮތުގައި 90 ދަރިވަރުން ތަމްރީނުކޮށްފި

އައްޑޫސިޓީގެ ތިން ސްކޫލެއްގައި ކުރިއަށް ގެންދިޔަ " ޓްރެފިކް މޮނީޓަރސް" ޕްރޮގްރާމް ނިންމައި، ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

އައްޑޫ ސިޓީން މި ޕްރޮގްރާމުގައި މިފަހަރު ބައިވެރިވެފައި ވަނީ ހިތަދޫ ސްކޫލުން 19 ދަރިވަރުން، ޝަރަފުއްދީން ސްކޫލުން 28 ދަރިވަރުންނާއި، ސ. އަތޮޅު މަދަރުސާއިން 43 ދަރިވަރުންނެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހުސްވި މަހުގެ 25ން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕުލުހުން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ޓްރެފިކް ނިޝާންތަކާއި، ދުއްވުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި، އުޅަނދު ދުއްވާ ފަރާތްތަކުން ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާއި، ދުއްވާ އުޅަނދުތައް ހުންނަންޖެހޭ މިންގަނޑުތައް ކިޔައި ދީފައިވެއެވެ.

އަދި އެކްސިޑެންޓްތައް ހިނގަން ދިމާވާ ސަބަބުތަކާއި، އަދި އެކްސިޑެންޓްތަކުން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންކަމާއި، މަގު ހުރަސްކުރުމާއި، ހިނގާބިނގާވެ އުޅުމުގައި ރައްކާތެރި ގޮތްތަކާއި، މީހުންނާއި މުޢާމަލާތުކުރަންވީ ރީތި ޢަދަބުތަކާއި މަގުމަތީގެ ސުލޫކާއި އަޚްލާޤު ވަނީ އެ ކުދިންނަށް ދަސްކޮށްދީފައެވެ.

ޓްރެފިކް މޮނީޓަރުންގެ ގޮތިގައި ތަމްރީނުވި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ސެންޓަރލް ޕޮލިސް ކޮމާންޑްގެ ހެޑް އެސިސްޓެންޑް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.
ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ފުރިހަމައަށް ހިފައި އަބަދުވެސް ނަމޫނާ ދެއްކުމަށް ދަރިވަރުންނަށް އޭނާ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ފުލުހުން ދަނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ސްކޫލްތަކުގައިވެސް ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *