ތުރުކީގެ އަންތާލިޔާގައި ބޭއްވޭ ތިންވަނަ ޓެނިސް ކޭމްޕްގައި ބައިވެރިވާ ބާރަ އަހަރުން ދަށުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްފިއެވެ. މިއީ އަލިބޭ މޯލްޑިވްސް އާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ.
މި ކޭމްޕުގައި ބައިވެރިވަނީ ބާރަ އަހަރުން ދަށުގެ ބާރަ ކުޅުންތެރިންނެވެ.
ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްފައިވަނީ މިއަދު ހ. ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ކޭމްޕްގައި 12 އަހަރުން ދަށުގެ 12 ކުޅުންތެރިން ބައިވެރިވާނެއެވެ. އެއީ ފިރިހެން 6 ކުޅުންތެރިންނާއި އަންހެން 6 ކުޅުންތެރިންނެވެ.
މި ކޭމްޕަކީ ޓެނިސް އަދި ޖޫނިއާ ކުޅުންތެރިންގެ ތަރައްގީއަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި ކޭމްޕަށް ފޮނުވަން ކުދިން ހޮވީ މުޅި އަހަރު ތެރޭގައި ކުޅުންތެރިން ކުޅެފައިވާ މުބާރާތްތަކަށް ބެލުމަށްފަހު، ރޭންކް ކުރެވިގެން އަންނަ އެންމެ ރަނގަޅު ކުދިން ކަމަށް ޓެނިސް އެސޯސިއޭޝަނުން ބުނެއެވެ.
ހިޔާލު