ނޫރުލް ޤުރްއާން ކްލާހުން މި އަހަރު ކުރިއަށް ގެންދާ ތަޖުވީދު މަގަށް، ޤުރްއާން ކިޔެވުމުގެ އެކި ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވައިލެވިފައިވަނީ، މި ކްލާހަށް އަލަށް ގުޅޭ ދަރިވަރުންނަށެވެ.
ތަޖުވީދުގެ ހަމަތަކާއިއެކު ޤުރްއާން ކިޔަވަން ދަސްކޮށްދޭ މި ުްލާހުގައި ކިޔަވައިދެއްވާނީ މިދާއިރާއިން ތަމްރީނާއި ޢިލްމް ލިބިފައިވާ ޤާރީންނެވެ.
ނޫރުލް ޤުރްއާނަކީ ރާއްޖޭގައި، ޤުރްއާންގެ ޢިލްމް ފެތުރުމުގެ އިތުރުން ކިޔަވައި ދިނުމުގައި، 32 އަހަރު ހޭދަކޮށްފައިވާ އިންސްޓިޓިއުޓް އެކެވެ. ނޫރުލް ޤުރްއާންގެ ދަރިވަރުން ތަފާތު އެކި މުބާރާތްތަކުގައި ބައިވެރިވެފައިވެއެވެ. ހާއްސަކޮށް ޤައުމީ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެ ފަހުރުވެރި އެތައް ވަނައެއް ދަރިވަރުން ވަނީ ގެނެސްފައެވެ.
ހަމަމިއާއެކު، މި ކުލާހުގައި ތުއްތު ކުދިންނަށް ހާއްސަކޮށްގެން އަކުރު ކުލާހާއި ފިލި ކުލާސް ވެސް ކުރިއަށްގެންދެއެވެ.
ނޫރުލް ޤުރްއާންގެ ވެބްސައިޓް ނުވަތަ 9667251 މި ނަންބަރަށް ގުޅާލުމުން، މި އިންސްޓިޓިއުޓާ ގުޅޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.
advertisment
ހިޔާލު