ހޮރައިޒަން އިންޓަނެޝަނަލް އެކަޑަމީ (އެޗްއައީއޭ)އިން އޭލެވެލް ހަދަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމްގެ ނަމަކީ "ސަބްޖެކްޓް ކޯޗިންގ ފޯ އޭލެވެލް"އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކޯޗިންގެ ދޭ މާއްދާތަކުގެ ތެރޭގައި މެކްސް(މެކޭނިކް)،މެކްސް(ސްޓެޓް)، ފިޒިކްސް، ކެމިސްޓްރީ ބަޔޮލޮޖީ، ބިޒްނަސް، އިކޮނޮމިކްސް އަދި އެކައުންޓިންގް ހިމެނެއެވެ. އަދި މިކޯޗިންގގައި ބައިވެރިވުމަށް އެދޭ ދަރިވަރުން އިތުރު މައުލޫމާތު ހޯދުމަށް ހޮރައިޒަން އިންޓަނެޝަނަލް އެކަޑަމީގެ ސައިޓް www.hia.edu.mv އިން ދަރިވަރުންނަށް ލިބިގެންދާނެއެވެ.
ހޮރައިޒަން އިންޓަނެޝަނަލް އެކަޑަމީއަކީ އޭލެވެލް އަދި އޯލެވެލް ކިޔަވާ ދަރިވަރުންނަށް ތަފާތު އެތައް ޕްރޮގްރާމްތައް ރާވައި ހިންގަމުން އަންނަ އެކަޑަމީ އެކެވެ. މި އެކަޑަމީއަށް އަހަރުން އަހަރަށް ތައުލީމް ހާސިލް ކުރުމަށް ވަންނަ ދަރިވަރުންގެ އަދަދު ވެސް ނިސްބަތުން އިތުރު ވެފައިވާ ކަމަށް އެސްކޫލުން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި މި އެކަޑަމީގެ ޕްރޮގްރަމްތަކަކީ އެމްކިއުއޭ ގަބޫލު ކުރާ ސެޓްފިކެޓްގެ ޕްރޮގްރާމްތަކެކެވެ.
advertisment
ހިޔާލު