ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް އިނގިރޭސި ރިސޯސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ރިސޯސް ކްލާސް ނަގައިދެއްވީ، އެ ސްކޫލުގެ ކުރީގެ އިނގިރޭސި މުދައްރިސް އަދި މިހާރުގެ އަތޮޅު ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު އަސްލަމް އެވެ. މި ބޭފުޅާއަކީ، ހއ.އޭއީސީގައި ލީޑިންގ ޓީޗަރުގެ މަޤާމުވެސް އަދާކޮށްފައިވާ ފަރާތެކެވެ.

ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ބޭއްވި މި ރިސޯސް ކްލާހަކީ، ކެމްބްރިޖް އައިޖީސީއެސްސީ އިނގިރޭސި އިމްތިހާނަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި ބޭއްވުނު ކްލާސްތަކެކެވެ. އިމްތިހާނުގެ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތްތަކާއި، އިމްތިހާނު ހަދަމުންދާވަގުތުގައި ބޮޑަށް ވިސްނަންޖެހޭ ކަންތައްތައް ދަރިވަރުންނަށް ވަނީ މި ކްލާސްތަކުން ކިޔައިދީފައެވެ.
މި ކްލާސްތައް ގެންދެވުނީ ގްރޫޕް މަސައްކަތްތަކާއި ވަކި ވަކި މަސައްކަތްތަކާވެސް އެކުގައެވެ.

އިނގިރޭސި ރިސޯސްކްލާސްތައް ގެންގޮސްފައިވަނީ ޖެނުވަރީ 30ހުން އެއް ހަފްތާގެ މުއްދަތަކަށެވެ.

މި ސްކޫލް ގްރޭޑް 10އެއްގައި ތަޢުލީމު ހާސިލްކުރަމުންދަނީ 46 ދަރިވަރުންނެވެ.
އޯލެވެލް އިމްތިހާނުގެ ދުވަސް ކައިރިވަމުން ދާތީ ރާއްޖޭގެ ހުރިހާ ސްކޫލުތަކަކުން ދަނީ، އެ ސްކޫލުގެ ދަރިވަރުންނަށް އެކިއެކި އިތުރުގަޑީގެ ކްލާސްތައް އިންތިޒާމްކުރަމުންނެވެ. އެގޮތުން، ހއ.އޭއީސީގައިވެސް އިތުރު ތިން މާއްދާއެއްގެ އިތުރުގަޑީ ކްލާސްތަކެއް، ބަންދުދުވަސްތަކުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު