އިރުޝާދިއްޔާ ސްކޫލުން ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކޮށްފިއެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަކީ 4 ފެބްރުއަރީއެވެ.

މި ދުވަހަކީ ކެންސަރު ބައްޔަށް މީހުން ހޭލުންތެރި ކުރުވައި އަދި ބަލިން ރައްކާތެރިވުމަށް ހިތްވަރުދީ އަދި މިބައްޔަށް ފަރުވާ ހޯދޭނެ ގޮތްތަކާއި ފަރުވާ ކުރުމުގެ މުހިއްމުކަން އަންގައި ދިނުމަށްޓަކައި ފާހަގަކުރާ ދުވަހެކެވެ.
މިއަހަރުގެ ކެންސަރު ބަލީގެ ދުވަހުގެ ތީމްއަކީ "ކްލޯސް ދަ ކެއަރ ގެޕް" އެވެ. މި ތީމްގެ މަޤްސަދަކީ، ކެންސަރު ބަލިން ދުނިޔެ ދޫކުރާ މީހުންގެ ނިސްބަތް މަދުކުރުމެވެ. މި ސްކޫލްގެ ދަރިވަރުންނަށް ދުވާހާއި ގުޅޭ މައުލޫމާތު ހިއްސާކޮށްދެއްވާފައިވަނީ މަރަދޫ ހެލްތް ކެއަރ ސެންޓަރުގެ ފަރާތުން މުހަންމަދު ޝިޔާޒުއެވެ. އަދި ކެންސަރާ ހަނގުރާމަކޮށް ބަލިން ސަލާމަތްވެފައިވާ ފަރާތެއްކަމަށްވާ، ޖޯސެފް ހަބީބްވެސް ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

ޖޯސްފް ހަބީބުއަކީ ކެންސަރު ބަލިން ފަސޭހަވެފަ ހުރި ބަލިމީހަކަށްވުމާއިއެކު އެއިރު ޖޯސެފް މި ބަލީގައި ތަހައްމަލް ކުރި ދުވަސްތަކުގެ ވާހަކަތައް އެ ސްކޫލުގެ ދަރިވަރުންނާއި ވަނީ ހިއްސާ ކުރައްވާފައެވެ. ހަމައެއާއިއެކު ސްކޫލުން ވަނީ މިފަދަ ދުވަހެއްގައި ދަރިވަރުންނާއި ޓީޗަރުންނަށް އެ ފަރާތްތަކުން އެ ހިއްސާކޮށްދެއްވި މައުލޫމާތުތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި މިފަދަ މައުލޫމާތު ތަކަކީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ނުހަނު ބޭނުންތެރި އަދި ފައިދާ ކުރާނެ މައުލޫމާތު ތަކެއް ކަމަށްވެސް އެސްކޫލުން ވަނީ ފާހަގަ ކުރައްވާފައެވެ.
advertisment
ހިޔާލު