މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޗާޓާރޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަޝިޕްގެ ފުރުސަތަށް 493 މީހުން ކުރިމަތިލާފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
30 ޑިސެންބަރ 2021 ވަނަ ދުވަހު ހުޅުވާލި މި ސްކޮލަޝިޕްގެ ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު މިއަދު 14:00 އަށްވަނީ ހަމަވެފައެވެ.
ރާއްޖޭގައި ތިބެގެން ކިޔެވުމަށް ހުޅުވާލި މި ފުރުސަތުގެ ދަށުން ރަޖިސްޓޭޝަން ފީ، އެނުއަލް ސަބްސްކްރިޕްޝަން ފީ، އެގްޒެމްޝަން ފީ، އެގްޒާމް ފީ، ބުކް އެލަވަންސް އަދި ޓިއުޝަން ފީ މިނިސްޓްރީގެ ފަރާތުން ހަމަޖެހޭނެއެވެ. މި ސްކޮލަޝިޕަަށް ކެންޑިޑޭޓުން ހޮވުމުގައި ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު އެކަޑަމިކް މެރިޓަށް ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަން ދެވޭނެކަމަށްވެސް އެ މިނިސްޓްރީންވަނީ ބުނެފައެވެ.
ސްކޮލަރޝިޕް ލިބޭ ދަރިވަރުން ސްކޮލަރޝިޕް ލިބުނުކަން މިނިސްޓްރީން އަންގާ ދުވަހުން ފެށިގެން ތިން މަސްތެރޭ ކިޔެވުން ނުފަށައިފިނަމަ، ކޯސް ކެންސަލް ކުރުމުގެ އިހްތިޔާރު އެ މިނިސްޓްރީއަށް ލިބިފައިވެއެވެ.
މި ސްކޮލަރޝިޕްގެ 100 ފުރުސަތު ޕްރައިވެޓް ސެކްޓަރއަށް ހާއްސަކޮށްފައިވާއިރު ބާކީ 50 ފުރުސަތު ހާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރއަށެވެ. މި ފުރުސަތުތަކަކީ، މިދާއިރާއަށް އެކައުންޓެންޓުންނާއި އޮޑިޓަރުން އުފެއްދުމަށް މުހިންމު ފުރުސަތުތަކެކެވެ.
advertisment
ހިޔާލު