ރާއްޖެއިން މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު މާލެއިން ފުރއިގެން ރަށްރަށަށް ދެވެނީ ޕީސިއާރު ޓެސްޓް ހަދައިގެންނެވެ.
ނަމަވެސް ދިގު ކިއު އޮތުމާއިއެކު މިހާރު ކޮވިޑް ޓެސްޓް ހަދަން ސާމްޕަލް ނަގާނެ ތަންތަން މިވަނީ އިތުރު ކޮށްފައެވެ. އެ ގޮތުން ސެނެހިޔާ ސޯޝަލް ސެންޓަރ އަދި މިހާރު ތާޖުއްދީން ސްކޫލްގައިވެސް ޕީސީއާރު ޓެސްޓް ހެދުމުގެ އިންތިޒާމް މިވަނި ހަމަޖައްސާފައެވެ. ކޮވިޑްގެ އައު ވޭރިއެންޓާއިއެކު އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައިވެސް ކޮވިޑް ކޭސްތައް ދަނީ އިތުރު ވަމުންނެވެ. އަދި އައު ވޭރިއަންޓް ރާއްޖޭގެ އަތޮޅުތަކުންވެސް ފެނިފައިވުމާއެކު، ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިހާރު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކް އެޅުންވަނީ މަޖްބޫރުކޮށްފައެވެ. އަދި ފުލުހުން މިކަމާއި ގުޅިގެން ދަނީ މާލެ ތެރޭގައިވެސް ވަރުގަދަ އޮޕަރޭޝަންތައް ފަށާފައެވެ.

މިއީ އަޅުގަނޑުމެން އެންމެންވެސް އެއްބާރުލުންދޭން ޖެހޭ ވަގުތެވެ. ގައުމުގައި ހަލުވިކަމާއިއެކު ކޮވިޑްގެ އައު ވޭރިއަންޓް ފެތުރެމުންދާއިރު ބޭރަށް ހިންގުމާއި ހޮޑުލުމާއި އަދި އެނިހެން ރޯގާވެސް އަންނަނީ ފެތުރެމުންނެވެ. އަދި ވަކިން ހާއްސަކޮށް ކުޑަކުދިން ބަލިވެގެން އެޑްމިޓްކުރާ އަދަދު މިވަނީ އިތުރުވެފައެވެ. ދުވާލަކު އެތައް ކުދިންނާއި ބޮޑެތި މީހުން ބަލިވެގެން ހޮސްޕިޓަލްތަކުގައި ކިއު ހަދާފައިވާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނަށް ބައެއް ފަރާތްތަކުން މާ ބޮޑު ސަމާލުކަމެއްވެސް ނުދެއެވެ.
މާލޭގައި އެއްވެސް ގައިދުރުކަމެއްނެތި، މަގުމަަތީބާޒާރާއި، ސްޓޭޖް ޝޯތަކާ ބާއްވާފައިވެއެވެ. ތަފާތު ކުޅިވަރުގެ މުބާރާތްތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އެއްވެސްތައްވެސް ބާއްވަނީއެވެ. އަތޮޅު ތެރޭގެ ބައެއް ރަށްރަށަށް ޗުއްޓީއަށް ގޮސް އުޅޭ ފަރާތްތަކުންވެސް އެއްވެސްކަހަލަ ގައިދުރު ކަމެއް ނެތި އެންމެން އެކީ އުޅޭއިރު މާސްކް އެޅުންވެސް މުހިންމުކަމަކަށް ނުބަލައެވެ.
މިހާރު ފެނިގެން އުޅޭ ވޭރިއަންޓަކީ ހަލުވި ސްޕީޑެއްގައި ފެތުރޭ ވޭރިއަންޓެއްކަން ސިއްހީ ފަރާތްތަކުން ބުނަމުންދާއިރު މީގެ ކުރިން ލޮންޑައުންއަކަށް މުޅި ރާއްޖެ ދިޔައިރު ދިވެހިން އުޅުނު ހާލު ހިތަށް ގެންނަން މިއަދު އެއްވެސް މީހަކު ބޭނުން ނުވާކަހަލައެވެ.
ލޮކްޑައުންއާ ގުޅިގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނާއި ޖުމްލަކޮށް މުޅި ޤައުމަށް ލިބުނު ގެއްލުމާއި އުޅެންޖެހުނު ދަތިހާލު ސިފަކޮށްލަންވެސް އުނދަގުލެވެ.

ހަލުވިކަމާއެކު ދުނިޔޭގައި ހުރިހާ ބައްރެއްގައި މިހާރު ފެތުރެމުންދާ އޮމްރިކަން ވޭރިއަންޓް ގިނަ ގައުމުތަކުގައިވަނީ ފެތުރިފައެވެ. އަދި ގިނަ ގައުމުތަކުން މި ބަލި ވަނީ ފެނިފައެވެ. އެ ގޮތުން އޭޝިޔާގެ ގިނަ ގައުމުތަކަށް މި ބަލި ފެތުރިފައިވާއިރު މިހާރު ރާއްޖެއިންވެސް މި ބަލި ފެނިފައިވާއިރު އެކަމަށް އެންމެ ކަންބޮޑުވާނެ އެއްބަޔަކީ ބެލެނެވެރިންނާއި ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިފަހަރުވެސް މަސައްކަތް ކުރަމުންދަނީ ސްކޫލްތަކަށް ހާޒިރުވެގެން ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދެވޭތޯއެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާއިރު ސްކޫލްތެރޭގައި އުޅޭއިރު އަބަދުވެސް މާސްކް އެޅުމަށާއި ގްރޫޕް ހަދައިގެން ކެއުމާއި މިފަދަ ކަންތައްތަކަށް ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.

މިއަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭއިރު، ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި މިމަހުގެ ފަހުކޮޅު މިބަލީގެ ޕީކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވަމުން ދިޔަ ނަމަވެސް ސްކޫލުތައް ބަންދު ކުރާނީ އަދިވެސް ކޮވިޑް ކޭސްތައް އިތުރުވާ މިންވަރު ބެލުމަށްފަހުކަމަށެވެ.
advertisment
ހިޔާލު