ހުރިހާ ކުދިން ޝާމިލުކުރުމުގެ ތަޢުލީމަކީ، ކިޔެވުމުގެ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހޭ ކުދިންނާއި، ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އަދި ޙާއްޞަ ހާލަތްތަކުގައި ތިބޭ ކުދިންނާއެކީގައި ފޯރުކޮށްދެވޭ ތަޢުލީމެކެވެ. ތައުލީމުގެ ސިޔާސަތުގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭން ފެށުނީ 2013 ވަނަ އަހަރުގައެވެ. ޙާއްސަ ތަޢުލީމު ބޭނުންވާ ކުދިން، ހުރިހާ ކުދިން ޝާމިލުކުރުމުގެ ތަޢުލީމުގެ ޕޮލިސީގައި ސިފަކުރަނީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ކުއްޖާގެ ދުޅަހެޔޮކަމަށާއި، އުޅޭއުޅުމުގައި އެހެންމީހެއްގެ އެހީތެރިކަމަށް ބަރޯސާވެފައިތިބި ކުދިންނަށެވެ.

ހުރިހާ ކުދިން ޝާމިލުކުރުމުގެ ތަޢުލީމު ކުރިއެރުވުމަށްޓަކައި،2008-2013 ގެ އެކްޝަން ޕްލޭނަތަކެއް ހެދިގެންދިޔައެވެ. 2010 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތަޢުލީމީ ޔުނިޓް ޤާއިމުކުރެވުމާއިއެކު،2013 ވަނަ އަހަރުގައި، މި ޔުނިޓްތަކަކީ އެ އަތޮޅެއްގެ މައި ޔުނިޓްކަމުގައި ބަލައި، އަތޮޅުގެ ހުރިހާ ސްކޫލެއް ވެސް މި ޔުނިޓްތަކުގެ ދަށުން ހިނގަމުންދިޔުމަކީ މި އެކްޝަން ޕްލޭންގެ އަމާޒެވެ.
2013 ވަނަ އަހަރު، ހުރިހާ ކުދިން ޝާމިލުވާނެ ތަޢުލީމު ފޯރުކޮށްދިނުމާއި އަހުލުވެރިކޮށް އެކަންތައްތައް ބެލެހެއްޓުމަށްޓަކައި، ޑިޕަރޓްމެންޓް އޮފް ސްޕެޝަލް ނީޑްސް އެޑިޔުކޭޝަނެއް ޤާއިމުކުރިއެވެ. އަދި މިއާއެކު، "އިންކްލޫސިވް އެޑިޔުކޭޝަން" ގެ ޕޮލިސީތައް ތަޢާރަފް ކުރެވި މަސައްކަތްތައް ކުރަންފެށިގެންދިޔައެވެ.

2018 ވަނަ އަހަރު މި ޑިޕަރޓްމެންޓް ގެ ނަން ވަނީ، ޑިޕަރޓެމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނަށް ބަދަލުކޮށްފައެވެ.
2021 ވަނަ އަހަރަކީ، ހުރިހާ ކުދިން ޝާމިލުކުރުގެ ތަޢުލީމު އިތުރަށް ފުޅާކުރުމަށްޓަކައި، ޑިޕަރޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ގިނަ މަޤްސަދުތަކެއް ހާސިލްކުރި އަހަރެކެވެ. މި ޑިޕަރޓްމެންޓުގެ "ޝާމިލު ޚަބަރު"ން މަޢުލޫމާތު ލިބުނުގޮތުގައި، ނިމިގެންދިޔަ އަހަރުގައި، 18 ތަމްރީން ޕްރޮގްރާމުތައް ހިންގާއިފާވާއިރު، ސްކޫލުތަކުގެ އިސްވެރިންނާއި، ލީޑިންގ ޓީޗަރުން އަދި ޓީޗަރުން، މި ޕްރޮގްރާމުގެ ދަށުން ތަމްރީނުކޮށްފައިވެއެވެ. އެގޮތުން 725 ބެލެނިވެރިންނާއެކު 2200 ފަރާތެއް ވަނީ ތަމްރީނު ކޮށްފައެވެ.
2
ބޭސިކް ސައިން ލެންގުއޭޖް ޓްރެއިންިންގ ޕްރޮގްރާމުގެ ތެރެއިން'- ފޮޓޯ" ޑިޕަރޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
ސްކޫލުތައް މޮނިޓަރ ކުރުމާއި ސްކޫލްތައް އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރިކުރުވުމުގެ ގޮތުން، 6 ސްކޫލެއް ވަނީ މޮނިޓަރކޮށްފައެވެ. އެއީ ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ބ.އަތޮޅު އަދި ހދ އަތޮޅޫގެ ބައެއް ސްކޫލްތަކެވެ.
ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށްޓަކައި، ސަރަހައްދީ ވަރކްޝޮޕްތަކެއް ވެސް ވަނީ ބާއްވާފައެވެ. މި މަސައްކަތު ބައްދަލުވުންތައް ބާއްވާފއި ވަނީ ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައެވެ. މި ބައްދަލުވުމުގައި، ޖުމްލަ 80 ފަރާތެއް ރާއްޖޭގެ ދެ ސަރަހައްދުން ވަނީ ބައިވެރިވެފައެވެ. މީގެ އިތރުން "ޕްލޭނިންގ އެންޑް ވެލިޑޭޝަން ފޯ ނިއު އިންޓަރވެންޝަންސް ޓު މެއިންސްޓްރީމް އިންކްލޫސިވް ޕޮލިސީ" އަދި "ޕްލޭނިންގ ފޯ ނިއު އިންޓަރވެންޝަން ވިތް ލީޑިންގ ޓީޗަރޒް އޮން އިންކްލޫސިވް އެޑިޔުކޭޝަން" ގެ މަސައްކަތު ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޔުނިސެފް މޯލަޑިވްސް އާއެކު ކުރިއަށްގެންދެވުނި " ޕްލޭޏިންގ އެންޑް ވެލިޑޭޝަން ފޯ ނިއު އިންޓަރވެންޝަންސް ޓު މެއިންސްޓްރީމް އިންކްލޫސިވް ޕޮލިސީ" ގެ ވާރްކޝޮޕަކީ ހުރިހާ ކުދިން ޝާމިލުވާނެހެން ތަޢުލީމު ފޯރިކޮށްދިނުމުގެ ސިޔާސަތާއިމެދު ބައިވެރިން އަހުލުވެރިކޮށް، ކުރިއަށްއޮތް އަހަރުތަކުގައި، ރަށުން އަންނާނެ ބަދަލުތަކަށް އަހުލުވެރިކުރުމާއެކު މުސްތަޤްބަލުގައި ކުރެވިދާނެ ބައެއް ކަންކަމާބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ، ސްކޫލުތަކުގެ ޓީޗަރުންނާއި، ލީޑިންގ ޓީޗަރުންނާއި މުދައްރިސުން އަދި ލޯކަލް ކަނއިންސިލް އިދާރާތަކުގެ ފަރާތްތަކެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ތަމްރީނު ކުރެވުނު އަދަދުތަކަށް ބަލާލާއިރު، ތަމްރީނުތައް އެންމެ ގިނައިން ބާއްވާފައި ވަނީ 2021 ވަނަ އަހަރުގައެވެ. އަދި ތަމްރީންކުރެވުނު މީހުންގެ އަދަދު 2019 އިން 2021 އަށް ބަލައިލާ އިރު، 2019 ގައި 839 މީހުން، 2020 ގައި 35 މީހުން އަދި 2021 ގައި 2200 މީހުންނަށް ތަމްރީން ކުރވިފައިވެއެވެ. އެހެންކަމުން، 2021 ވަނަ އަހަރުގައި، 2019 ވަނަ އަހަރު ތަމްރީނު ކުރި މީހުންގެ އަދަދަށްވުރެ 1000 ހަށްވުރެ ގިނަ އަދަދެއްގެ ފަރާތްތަކަށް ތަމްރީން ކުރެވިފައިވެއެވެ.

ޑިޕަރޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރިއަށް އޮތް ތާނގައިވެސް ކުރިއަށްގެންދާނެ ލަނޑުދަނޑިތަކެއް އެބަހުއްޓެވެ. އެގޮތުން، މި ޑިޕަރޓްމެންޓުން ނެރެފައިވާ "ޝާމިލު ޚަބަރު"ން އެނގޭގޮތުގައި، މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ރީޑިންގ ސްޕޮޓްވެއަރ އިތުރަށް ތަރައްޤީކުރުމާއި، ލާރނިންގ ޕާތުވޭގެ ޕައިލެޓް ފޭޒްކުރުން ކުރިއަށް ގެންދިޔުމާއި، ލޭމްޕް ޕްރޮޖެކްޓްގެ މަސައްކަތްތަކާއި ރެފެރަލް ނިޒާމު ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރއަށްގެންދިޔުން ހިމެނެއެވެ.
advertisment
ހިޔާލު