ފ. އަތޮޅު މަދަރުސާގެ ކްލާސް ރޫމްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށް އެ ސްކޫލުން ހާމަކޮށްފިއެވެ. އެ ސްކޫލުން ބުނީ، މި ދުވެލީގައި މިމަސައްކަތް ކުރިއަށްދަނީ މުއައްޒަފުން ދެއްވާ އެއްބާރުލުމާއި ހިތްވަރުން ކަމުގައެވެ.
އެ ސްކޫލު ޕީޓީއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ، ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެވެ. އޭގެތެރޭގައި، ވިޔަފާރިވެރިންނާއި ބެލެނިވެރިން އަދި އިސްދަރިވަރުން ހިމެނެއެވެ. އެސްކޫލުގެ އެކި އިސްދަރިވަރުންގެ ފަރާތުންވަނީ މި ޕްރޮގްރާމްއަށް 65 އިންޗީގެ 7 ޓީވީ ވަނީ ހަދިޔާކޮށްފައެވެ.

މި ފެށޭ ޓާމަށް ހުރީހާ ކްލާސް ރޫމެއް ޑިޖިޓަލް ކުރެވިގެންދާނެކަަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް ސައްތާރު ވިދާޅުވިއެވެ.
ސްކޫލުގެ ތަރައްގީކުރުމަށް، އެ ސްކޫލުގެ އިސްދަރިވަރުންނާއި މުއައްޒަފުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ސްކޫލް މެނޭޖްމެންޓްގެ ނަމުގައިވަނީ ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު