ފ.އަތޮޅު މަދަރުސާގެ ކްލާސް ރޫމްތައް ޑިޖިޓަލް ކުރަނީ

ކްލާސް ރޫމްތައް ޑިޖިޓަލް ކުރުމުގެ ތެރެއިން. ފޮޓޯ: ފ. އަތޮޅު މަދަރުސާ

ފ. އަތޮޅު މަދަރުސާގެ ކްލާސް ރޫމްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށް އެ ސްކޫލުން ހާމަކޮށްފިއެވެ. އެ ސްކޫލުން ބުނީ، މި ދުވެލީގައި މިމަސައްކަތް ކުރިއަށްދަނީ މުއައްޒަފުން ދެއްވާ އެއްބާރުލުމާއި ހިތްވަރުން ކަމުގައެވެ.
އެ ސްކޫލު ޕީޓީއޭއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ، ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެވެ. އޭގެތެރޭގައި، ވިޔަފާރިވެރިންނާއި ބެލެނިވެރިން އަދި އިސްދަރިވަރުން ހިމެނެއެވެ. އެސްކޫލުގެ އެކި އިސްދަރިވަރުންގެ ފަރާތުންވަނީ މި ޕްރޮގްރާމްއަށް 65 އިންޗީގެ 7 ޓީވީ ވަނީ ހަދިޔާކޮށްފައެވެ.

ކްލާސް ރޫމް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: ފ. އަތޮޅު މަދަރުސާ

މި ފެށޭ ޓާމަށް ހުރީހާ ކްލާސް ރޫމެއް ޑިޖިޓަލް ކުރެވިގެންދާނެކަަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް ސައްތާރު ވިދާޅުވިއެވެ.

ސްކޫލުގެ ތަރައްގީކުރުމަށް، އެ ސްކޫލުގެ އިސްދަރިވަރުންނާއި މުއައްޒަފުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ސްކޫލް މެނޭޖްމެންޓްގެ ނަމުގައިވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *