އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފިއެވެ.
ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ހުށަހަޅާ ޕްރޮޕޯޒަލްގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯޒަލްއެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000ރ. ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 30ގެ ނިޔަލަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު community@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
މިހާތަނަށް 55 ރަށެއްގައި ޕްރޮޖެކްޓް ހިންގަން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ވަނީ އެހީ ދީފައެވެ.
advertisment
ހިޔާލު