ހުރަވީ ސްކޫލްގެ ބިޒްނަސް ސްޓްރީމް ކިޔަވާ ދަރިވަރުން ކުންފުނިތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ތިލަފުއްޓަށް ޒިޔާރަތް ކޮށްފިއެވެ.
މި ޒިޔާރަތުގައި މައުލޫމާތު ހޯދައިފައިވަނީ ރާއްޖޭގެ އެންމެ ދުވަސްވީ ކުންފުނިކަމުގައިވާ މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މައުލޫމާތެވެ. 1980ން ފެށިގެން އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި އެކި ކަންކޮޅުތަކަށް އެކި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. މިފަދަ ޒިޔާރަތްތަކުގެ ސަބަބުން ކުދިން ތަންތަނަށް ޒިޔާރަތްކޮށް އަމިއްލަ ތަޖުރިބާގެ އަލީގައި އެކުދިން ބޭނުންވާ މައުލޫމާތު ހޯދުމުން ކިޔަވާ މާއްދާގެ މުހިއްމު މައުލޫމާތު ލިބިގެންދާނެއެވެ. މި ފަދަ ދަތުރުތަކުގެ ސަބަބުން ކުދިން ކިޔަވާ މާއްދާއަކުން ކިޔަވާ މައުޟޫއަށް އިތުރަށް ޝައުގުވެރިވާކަން އެ ސްކޫލުން ފާހަގަކުރެއެވެ. އެމްޓީސީސީގެ ފަރާތުން މި ދަރިވަރުންނަށް ވަނީ އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
advertisment
ހިޔާލު