ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އިން ސެކިޔުރިޓީ އޮފިސަރ ޓްރެއިނިންގ ކޯހެއް ފަށައިފިއެވެ.
ކޯސް ފެށުމުގެ ގޮތުން ކ.ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގިރިފުށި ޓްރެއިނިންގ ސެންޓަރގެ އޮފިސަރ އިންޗާޖް އަދި އެމްއެންޑީއެފް ނޮން ކަމިޝަންޑް އޮފިސަރސް އެކެޑަމީ (އެންސީއޯ އެކެޑަމީ)ގެ ޑައިރެކްޓަރ ކެޕްޓަން ޢަބްދުﷲ ނައުޝާދެވެ.
ތިން ހަފުތާގެ މުއްދަތަށް ހިންގާ މި ކޯހުގައި ޖުމުލަ 23 މުވައްޒަފުން ބައިވެރިވެފައިއެވެ. އޭގެތެރޭގައި ހިމެނެނީ، ސްޓެލްކޯގެ ހަތް މުވައްޒަފަކާއި އެމްޑަބްލިޔުއެސްސީގެ 10 މުވައްޒަފުން އަދި އެމްއެމްއޭގެ ހަ މުވައްޒަފެކެވެ.
މި ކޯހަކީ ސިނާޢީ އޮފީސްތަކުގައި މަސައްކަތްކުރާ ސެކިޔުރިޓީ އޮފިސަރުންނަށް އެކަމުގެ ޢިލްމާއި ހުނަރު ލައިދިނުމާއި ސެކިޔުރިޓީ ބެލެހެއްޓުމުގައި ބޭނުންކުރާ އާލަތްތަކަށް އަހުލުވެރި ކުރުމުގެ މަޤްޞަދުގައި ހިންގާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދޭނެ މައިގަނޑު ބައިތަކުގެ ތެރޭގައި ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ފަޔަރ ސޭފްޓީ، ސެކިޔުރިޓީ އިކުއިޕްމަންޓްސް، ކޯޕަރޭޓް އެންވަޔަރަމަންޓް، ކޮމިޔުނިކޭޝަން އަދި ސެކިޔުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް ހިމެނެއެވެ.މި ކޯހަކީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އިން ހިންގާ ސެކިޔުރިޓީ އޮފިސަރ ޓްރޭނިންގ ކޯހުގެ ހަވަނަ ކޯހެވެ.
advertisment
ހިޔާލު